Advertisement

ޕީއެންއެފްގެ ރައީސްކަމަށް ކުރިމަތިލެއްވީ ޔާމީން އެކަނި

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ލީޑަޝިޕްގެ 20 މަގާމަކަށް 50 ބޭފުޅުން ކުރިމަތިލެއްވި އިރު އެ ޕާޓީގެ ރައީސް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ފިޔަވައި އެހެން ބޭފުޅަކު ކުރިމަތި ނުލައްވައި، އެ މަގާމު އެ މަނިކުފާނަށް ދޫކޮށްލައިފި އެވެ.

ޕީއެންއެފުން ކުރިން އިއުލާނުކޮށްފައިވާ ގޮތުގައި އެ ޕާޓީގެ މަގާމުތަކަށް ބޭފުޅުން އިންތިހާބުކުރުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުގެ ރޭ ބާއްވާ ގައުމީ ޖަލްސާގަ އެވެ.

Advertisement

އެ އިއުލާނުގައިވާ ގޮތުން ޕީއެންއެފްގެ އެތެރޭގެ އިންތިހާބުގައި ރައީސަކާއި ދެ ނައިބު ރައީސުން ހޮވާނެ އެވެ. އޭގެ އިތުރުން ސެކްރެޓަރީ ޖެނެރަލްގެ މަގާމަށާއި ރަޖިސްޓެރާގެ މަގާމަށް ވެސް އެ އިންތިހާބުގައި ބޭފުޅުން ހޮވާނެ އެވެ. ޕީއެންއެފްގެ ސެނެޓަށް (ޕާޓީގެ ބޮޑެތި ނިންމުންތައް ނިންމާ ކައުންސިލް) އަށް 14 ބޭފުޅަކު ހޮވުން ވެސް އެ އިންތިހާބުގައި އޮންނާނެ އެވެ.

ޕީއެންއެފްގައި އިސްކޮށް އުޅުއްވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، އެ ޕާޓީގެ 20 މަގާމަކަށް ކުރިމަތިލުމުގެ ސުންގަޑި އިއްޔެ ހަމަވިއިރު، 55 ބޭފުޅުން ކުރިމަތިލެއްވި އެވެ.

“މިހާ ގިނަ ބޭފުޅުން ކުރިމަތިލެއްވުމުން ހާމަވަނީ ޕާޓީއާ މެދު އޮތް ޝައުގުވެރިކަން އަދި ޕާޓީއާ މެދު ކުރާ އުންމީދު،” މަލީހް ވިދާޅުވި އެވެ.

ޕީއެންއެފް އަކީ ކުރީގެ ރައީސް ޔާމީނު އިސްވެ ހުންނަވައި، އުފެއްދި ޕީޕީއެމާއި ހަމަ އެ މަނިކުފާނު އިސްކޮށް ހުންނަވައިގެން އުފެއްދި ޕީއެންސީ އެކުވެގެން ރިޔާސީ އިންތިހާބަށް ނެރުނު ކެންޑިޑޭޓް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމަށް ވަޑައިގެންނެވުމާ އެކު، އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ތެރެއިން އުފެއްދި ޕާޓީ އެކެވެ.

ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެންނެވުމުން އެ ޕާޓީގެ ގިނަ މެންބަރުން ޕީއެންސީ އަށް ބަދަލުވެ، ޕީޕީއެމް ވަނީ ފަހުން އުވާލައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް

މި ސަރުކާރު ނިމުމުގެ ކުރިން މަޖިލީހުގެ މެޖޯރިޓީ ނަގާނަން: މޫސަ

އިސްލާހު ކުރަން ޖެހޭކަމެއް މި ސަރުކާރަށް ނުފެނޭ، ޔޫޓާން ނަގައިގެން ވާނެ ފައިދާއެއް ނެތް: ރައީސް ސޯލިހު