ރޮއިޓާސް އާއި އިޕްސޯސް ގުޅިގެން ކުރިއަށް ގެންދިޔަ ސާވޭއިން ދައްކާ ގޮތުގައި، އެމެރިކާގެ ގިނަ ރައްޔިތުން ދެކޭ ގޮތުގައި އެމެރިކާއިން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ޖެހެއެވެ. މި ސާވޭއިން ދައްކަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވިސްނުން އެގައުމުގެ އާންމު ރައްޔިތުންގެ ވިސްނުމާ ހިލާފުކަމަށެވެ.
ހޯމަ ދުވަހާ ހަމައަށް ހަ ދުވަހަށް ކުރިއަށް ގެންދިޔަ މި ސާވޭގެ ނަތީޖާ އިން ދައްކަނީ، ބައިވެރިވި މީހުންގެ ތެރެއިން 59 އިންސައްތަ މީހުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ތާއީދު ކުރާ ކަމަށެވެ. އަދި 33 އިންސައްތަ މީހުން މިކަމާ އިދިކޮޅު ހަދާ ކަމަސް ދައްކާއިރު ބާކީ ތިބި މީހުން ވަނީ މި ކަމުގައި އެއްޗެއް ބުނަން ބޭނުން ނުވާކަމަށް ބުނެފައެވެ.
ސާވޭއިން އެނގުނު ގޮތުގައި އެމެރިކާގެ މައި ދެ ޕާޓީގެ ސަޕޯޓަރުންގެ މެދުގައި ބޮޑު ތަފާތެއް ވެއެވެ. އެގޮތުން ޑިމޮކްރެޓިކް ޕާޓީގެ ސަޕޯޓަރުންގެ ތެރެއިން 80 އިންސައްތަ މީހުން ފަލަސްޠިނުގެ ދައުލަތް ބަލައިގަތުމަށް ތާއީދުކުރިއިރު، ރިޕަބްލިކަން ޕާޓީގެ ސަޕޯޓަރުންގެ ތެރެއިން އެކަމަށް ތާއީދު ކުރަނީ އެންމެ 41 އިންސައްތަ މީހުންނެވެ.
ޣައްޒާގައި ޖެނޮސައިޑްް ހުއްޓާލުމާ ގުޅޭގޮތުން، ސަރވޭގައި ބައިވެރިވި މީހުންގެ 51 މީހުން ވަނީ ޓްރަމްޕަށް ތައުރީފު ކށްފައެވެ.
އެމެރިކާގެ ރައްޔިތުންގެ ވިސްނުން ބަދަލުވީ، ފަލަސްތީނުގެ ދައުލަތް ބަލައިގަންނަ ހުޅަނގުގެ ގައުމުތަކުގެ އަދަދު އިތުރުވަމުންދިއުމާ ގުޅިގެންނެވެ. ސަލާމަތީ މަޖިލީހުގައި ހިމެނޭ ދާއިމީ މެމްބަރު ގައުމުތަކުގެ ތެރޭން ފަލަސްޠީނު ބަލައި ގަތުމަށް ދެކޮޅު ހަދަނީ އެމެރިކާ އެކަންޏެވެ. އދގެ ޖުމްލަ 193 މެންބަރު ގައުމުގެ ތެރެއިން 143 ގައުމުން ވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު