Advertisement

ބަންގްލަދޭޝްގައި ފެކްޓްރީ އެއް އަނދައި 16 މީހުން މަރުވެއްޖެ

ބަންގްލަދޭޝްގެ ވެރި ރަށް ޑާކާގެ މިރްޕޫރު ސަރަހައްދުގައި ހުރި އަންނައުނު ފެކްޓްރީއަކާއި ކެމިކަލް ގުދަނެއްގައި ހޯމަ ދުވަހުގެ ރޭ ހިނގި ބޮޑު އަލިފާނުގެ ހާދިސާއެއްގައި 16 މީހުން މަރުވެއްޖެ އެވެ.

އަލިފާން ރޯވީ ބްލީޗިން ޕައުޑަރު، ޕްލާސްޓިކް އަދި ހައިޑްރޮޖަން ޕެރޮކްސައިޑް ރައްކާ ކުރާ ކެމިކަލް ގުދަނެއްގަ އެވެ. އަދި ކެމިކަލް ގުދަނުގައި ހިފި އަލިފާންގަނޑު އަންނައުނު ފެކްޓްރީއަކަށް ވެސް ފެތުރުނެވެ. ކެމިކަލް ގުދަނާއި, އަންނައުނު ފެކްޓަރީ އިން ދުމާ އެކު ވިހަ ގޭސް އުފެދުމުގެ ސަބަބުން މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ދަތިވި ކަމަށް އެގައުމުގެ އޮފިޝަލުން ބުނެ އެވެ.

Advertisement

އޮފިޝަލުން ބުނީ ކެމިކަލް ގުދަނާއި އަންނައުނު ފެކްޓްރީ ހިންގަމުން ގެންދިޔައީ އެކަމަށް ބޭނުންވާ ލައިސަންސް އަދި އަލިފާނުގެ ރައްކާތެރިކަމުގެ ހުއްދަ ނެތި ކަމަށެވެ. ބަންގްލަދޭޝްގެ ބައެއް ނޫސްތަކުގައި މަންޒަރު ފެނުނު ފަރާތްތަކަށް ހަވާލާދީ ލިޔެފައިވާ ގޮތުން ފެކްޓްރީގެ ބައެއް ދޮރުތައް ތަޅުލާފައި ހުރުމުން މަސައްކަތްތެރިންނަށް ސަލާމަތްވުމަށް ދަތިވި އެވެ. މި ހާދިސާގައި މަރުވި ގިނަ މީހުން ފެނިފައިވަނީ ފެކްޓަރީގެ ތެރެއިންނެވެ.

މި ހާދިސާއިން ބަންގްލަދޭޝްގައި ކުރި އަރާފައިވާ އަންނައުނު އުފެއްދުމުގެ ސިނާއަތުގެ ރައްކާތެރިކަމުގެ މިންގަނޑުތަކާމެދު ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ. ބަންގްލަދޭޝްގައި މި ސިނާއަތުގައި ހަތަރު މިލިއަން މީހުން މަސައްކަތްކުރެ އެވެ. އަދި މިއީ އެ ގައުމުގެ އެކްސްޕޯޓް އާމްދަނީގެ މައިގަނޑު އެއް މަސްދަރެވެ.

މީގެ ކުރިން 2013 ގައި ރާނާ ޕްލާޒާ ވެއްޓުނު ހާދިސާއަށް ފަހު ރައްކާތެރިކަމަށް ގިނަ އިސްލާހުތަކެއް ގެނެވުނު ނަމަވެސް، ރައްކާތެރިކަން ކުޑަ މަސައްކަތުގެ މާހައުލާއި ސަލާމަތީ ގަވާއިދުތައް ތަންފީޒުކުރާ މިންވަރު ދަށްވުމުގެ ސަބަބުން މަސައްކަތްތެރިން ދަނީ ނުރައްކަލަށް ހުށަހެޅެމުންނެވެ. ބަންގްލަދޭޝްގެ އޮފިޝަލުން ބުނެފައި ވަނީ އަލިފާނުގެ ހާދިސާ ތަހުގީގުކޮށް، ގަވާއިދާ ހިލާފަށް މި ތަންތަން ހިންގި ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އިސްރާއީލުގެ ޖަލުތަކަށް ވަނުމުގެ ހުއްދަ ރެޑް ކްރޮސްއަށް ދޭން އަމުރުކޮށްފި

ޣައްޒާގެ ޖައްވުން ޢީދު: ފުން ހިތާމަޔާއި އެކުވެސް ފެންނަނީ ނުގުޑާ ފަދަ ސާބިތުކަން

ހޮސްޕިޓަލްތައް ބިމާހަމަކޮށްފި: ސައުތު ސޫދާން ބޭސްފަރުވާއަށް ސަލާންޖަހަނީ

ހަނގުރާމައިގެ ބިރުވެރިކަމާ އެކު، އީރާނުގެ ދައުލަތުގެ ޓީވީން ބަޑިޖަހާނެ ގޮތުގެ ތަމްރީނުތައް ދޭން ފަށައިފި