Advertisement
ސިފައިންނާ ޖެން-ޒީ ގުޅިގެން މަޑަގަސްކަރައިގެ ވެރިކަން ވައްޓާލައިފި --- ފޮޓޯ: އަލްޖަޒީރާ

މަޑަގަސްކަރައިގެ ވެރިކަން ވައްޓާލައިފި

ސިފައިންނާ ޖެންޒީ ގުޅިގެން މަޑަގަސްކަރައިގެ ވެރިކަން ވައްޓާލައިފި އެވެ. ސަރުކާރު ގޯސްވުމުން ފެށި މުޒާހަރާތައް ވަރުގަދަވެ، ފުލުހުންނަށް ކޮންޓްރޯލް ގެއްލުމާއެކު ސިފައިން ވެސް ދެކޮޅުވެރިވެ ރިހޭފައި މައްޗަށް ފޮއި ވެއްޓުނީއެވެ.

ޒުވާނުން ސަރުކާރާ ދެކޮޅަށް ކުރަން ފެށި މުޒާހަރާތަކާ ސިފައިން ގުޅިއްޖެ ކަމަށާއި، ވެރިކަން ވައްޓާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް އެންޑްރީ ރަޖޮއެލީނާ ވިދާޅުވިތާ މާގިނައިރުތަކެއް ނުވަނީސް ބަޣާވާތްކުރާ ސިފައިން އަސްކަރިއްޔާގެ ކޮންޓްރޯލް ނެގިކަން ވަނީ އިއުލާނުކޮށްފައެވެ.

Advertisement

ރައީސް އެންޑްރީ ރަޖޮއެލީނާގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން މުޒާހަރާކުރަން ފެށީ ފެނާއި ކަރަންޓުގެ އެކި މައްސަލަތަކާ ގުޅިގެންނެވެ. މިއީ 2023 ވަނަ އަހަރު ދެ ވަނަ ދައުރަކަށް އޭނާ އިންތިހާބުވި ފަހުން ކުރިމަތިވި އެންމެ ބޮޑު މައްސަލަ އެވެ.

ފުލުހުން ބާރުގެ ބޭނުންކޮށް އަނިޔާވެރިކަމާ އެކު އަމަލުކުރަމުން ދާއިރު ސިފައިންގެ ޔުނިޓެއް އިއްޔެ ވަނީ މުޒާހަރާއާ ގުޅިފައިވާކަން އިއުލާނުކޮށްފައެވެ. އެއާ އެކު މުޒާހަރާތައް އިތުރަށް ވަރުގަދަ ވިއެވެ. މިއަދު ސިފައިންގެ ހުރިހާ ޔުނިޓުތަކެއް ވެސް މުޒާހަރާއާ ގުޅުނެވެ.

ސަރުކާރުގެ އަމުރަށް ތަބާނުވަން ގޮވާލީ 2009 ވަނަ އަހަރު ބަޣާވާތަކުން ރައީސް އެންޑްރީ ރަޖޮއެލީނާ ވެރިކަމަށް އައުމަށް އެހީތެރިވެދިން އަސްކަރީ ސަޕޯޓް ޔުނިޓެއް ކަމަށްވާ ކެޕްސެޓްގެ ސިފައިންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އިސްރާއީލުގެ ޖަލުތަކަށް ވަނުމުގެ ހުއްދަ ރެޑް ކްރޮސްއަށް ދޭން އަމުރުކޮށްފި

ޣައްޒާގެ ޖައްވުން ޢީދު: ފުން ހިތާމަޔާއި އެކުވެސް ފެންނަނީ ނުގުޑާ ފަދަ ސާބިތުކަން

ހޮސްޕިޓަލްތައް ބިމާހަމަކޮށްފި: ސައުތު ސޫދާން ބޭސްފަރުވާއަށް ސަލާންޖަހަނީ

ހަނގުރާމައިގެ ބިރުވެރިކަމާ އެކު، އީރާނުގެ ދައުލަތުގެ ޓީވީން ބަޑިޖަހާނެ ގޮތުގެ ތަމްރީނުތައް ދޭން ފަށައިފި