Advertisement

ގަތުލުއާންމު ހުއްޓާލަން ނިންމުމުން ޣައްޒާއަށް އުފާވެރިކަން!

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން ގެންދިޔަ ގަތުލުއާންމު ހުއްޓާލަން ނިންމިކަމުގެ އުފާވެރި ހަބަރު ލިބުމާއެކު، ހަނގުރާމައިގައި ވޭން ތަހައްމަލު ކުރަމުން އަންނަ ޣައްޒާގެ ރައްޔިތުން އުފާފާޅު ކުރުމަށް ޣައްޒާގެ މަގުތަކަށް ނުކުމެއްޖެއެވެ.

ޣައްޒާގެ ރައްޔިތުންގެ އިތުރުން އިސްރާއީލްގެ ރައްޔިތުން ވެސް މިކަން ފާހަގަކުރަން އެ ގައުމުގެ ވެރިރަށް ތެލް އަވީވްގައި ދަނީ އެއްވަމުންނެވެ.

Advertisement

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު، އޭނާގެ މީސް މީޑިއާ ޕްލެޓްފޯމް “ޓުރޫތު” ގައި އިއުލާން ކުރެއްވި ގޮތުގައި އިސްރާއީލާއި ހަމާސް އިން ވެސް ވަނީ ހަނގުރާމަ ހުއްޓާލުމާ ގުޅޭ ޕްލޭންގައި ސޮއިކޮށްފައެވެ. މި ޕްލޭން ދެ ފަރާތަށް ހުށަހަޅާފައިވަނީ ޓްރަމްޕެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ހަބަރު ޣައްޒާގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ދިއުމާއެކު، ދެކުނު ޣައްޒާގެ ޚާން ޔޫނިސްގެ ރައްޔިތުން ވަނީ އުފާފާޅުކުރުމަށް މަގުމައްޗަށް ނިކުމެފައެވެ. މިކަން ގިނަ ބަޔަކު ސިފަކޮށްފައިވަނީ، ޔަހޫދީންގެ ހަމަލާތަކުން ލިބޭ ތަކުލީފުތަކަށް، ހަ މަސްދުވަސް ފަހުން ލިބުނު ފުރަތަމަ ހަމަޖެހުމުގެ ގޮތުގައެވެ.

ޣައްޒާގެ ރައްޔިތެއް ކަމަށްވާ އަބްދުލް މަޖީދު އަބްދުއް ރައްބޯ ބުނެފައިވަނީ ލޭއޮހޮރުވުމާއި މީހުން މެރުން ނިމުމަކަށް އައީތީ އެކަމަށްޓަކައި މާތް ﷲ އަށް ހަމްދުކުރާ ކަމަށާއި ހުރިހާ ރައްޔިތުން އުފަލުން ތިބި ކަމަށެވެ. ޚާލިދު ޝައަތު ބުނެފައިވަނީ މިއީ ފަލަސްތީނުގެ ރައްޔިތުން ކެތްތެރިކަމާއެކު އިންތިޒާރު ކުރަމުން އައި ތާރީހީީ ވަގުތެއް ކަމަށާއި ގަތުލުއާންމާއި މީހުން މެރުން ފަދަ އަމަލުތައް ހުއްޓި މަގުތަކުން އުފާވެރިކަން ފެނިގެންދާ ކަމަށެވެ.

އަލްޖަޒީރާގެ ނޫސްވެރިޔާ ހާނީ މަހްމޫދު ބުނީ ޣައްޒާގެ ބަންދުވެފައިވާ އާބާދީގެ މެދުގައި އެންމެންނަށްވެސް ހަމަޖެހުމުގެ ނޭވާއެއް ލެވިފައިވާ ކަމަށެވެ.

ފަލަސްތީނުގެ ޣައްޒާ ރައްޔިތުން މިހާރު އިންތިޒާރު ކުރަނީ ޣައްޒާއަށް ކާބޯތަކެތި ލިބޭނެ ދުވަހަކަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާންކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކީ، ބޮޑު ޕްލޭނެއްގެ ފުރަތަމަ ފިޔަވައްސެވެ. މި އެއްބަސްވުމުގައި ގޮވާލަނީ ޣައްޒާގައި ހައްޔަރުކޮށްފައިވާ އިސްރާއީލުގެ ހުރިހާ އަސީރުން ފަލަސްތީނުގެ ގައިދީންނާއި ބަދަލުކުރުމަށާއި، އިސްރާއީލުގެ ސިފައިން ވަކި ސަރަޙައްދަކަށް ފަހަތަށް ޖެހުމަށެވެ. މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރުން ބުނީ އިތުރު ތަފްސީލުތައް ފަހުން އިއުލާންކުރާނެ ކަމަށެވެ.

ދެވަނަ ފިޔަވައްސެއްގެ ގޮތުގައި މަޝްވަރާކުރެވެމުންދާ ކަންކަމުގެ ތެރޭގައި، އިސްރާއީލުގެ ސިފައިން ފުރިހަމައަށް ފަހަތަށް ޖެހުމާއި، ހަމާސްގެ ހަތިޔާރު ބެހެއްޓުމާއި ޣައްޒާގައި އާ ސަލާމަތީ އިންތިޒާމުތަކާއި ވެރިކަމުގެ އިންތިޒާމުތައް ގާއިމުކުރުން ހިމެނެއެވެ.

އިސްރާއީލާއި ހަމާސް އެއްބަސްވުމަކަށް އައުމާ އެކުގައި ޣައްޒާގައި ގެންގުޅޭ ރަހީނުންގެ އާއިލާތަކުން ވަނީ އުފާފާޅުކޮށްފައެވެ. ނަތަންޔާހޫ ބުނީ ފުރަތަމަ ފިޔަވަހީގެ އެއްބަސްވުން ފާސްކުރުމަށް ސަރުކާރުގެ ބައްދަލުވުމެއް ބާއްވާނެ ކަމަށާއި، މިއީ އިސްރާއީލަށް ވަރަށް ބޮޑު ދުވަހެއް ކަމަށެވެ. ނަމަވެސް، އަސީރުންގެ އާއިލާތަކުން ބުނެފައިވަނީ ހުރިހާ އަސީރުންނެއް ދޫކޮށްލެވެންދެން މަސައްކަތް ނުނިމޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އިސްރާއީލުގެ ޖަލުތަކަށް ވަނުމުގެ ހުއްދަ ރެޑް ކްރޮސްއަށް ދޭން އަމުރުކޮށްފި

ޣައްޒާގެ ޖައްވުން ޢީދު: ފުން ހިތާމަޔާއި އެކުވެސް ފެންނަނީ ނުގުޑާ ފަދަ ސާބިތުކަން

ހޮސްޕިޓަލްތައް ބިމާހަމަކޮށްފި: ސައުތު ސޫދާން ބޭސްފަރުވާއަށް ސަލާންޖަހަނީ

ހަނގުރާމައިގެ ބިރުވެރިކަމާ އެކު، އީރާނުގެ ދައުލަތުގެ ޓީވީން ބަޑިޖަހާނެ ގޮތުގެ ތަމްރީނުތައް ދޭން ފަށައިފި