Advertisement
އިސްރާއީލްގެ ހަތަރު އަންހެން ސިފައިން މީގެކުރިން މިނިވަން ކުރަނީ. ---

ހަމަލާތައް ހުއްޓާލަން އިސްރާއީލާއި ޣައްޒާއިން އެއްބަސްވެއްޖެ

ފަލަސްތީނުގެ ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލަން އިސްރާއީލާއި ހަމާސް އިން އެއްބަސްވެއްޖެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު، އޭނާގެ މީސް މީޑިއާ ޕްލެޓްފޯމް “ޓުރޫތު” ގައި އިއުލާން ކުރެއްވި ގޮތުގައި އިސްރާއީލާއި ހަމާސް އިން ވެސް ވަނީ ހަނގުރާމަ ހުއްޓާލުމާ ގުޅޭ ޕްލޭންގައި ސޮއިކޮށްފައެވެ. މި ޕްލޭން ދެ ފަރާތަށް ހުށަހަޅާފައިވަނީ ޓްރަމްޕެވެ.

Advertisement

“އަހަރެން ވަރަށް ފަހުރުވެރިކަމާއެކު މި އިއުލާން ކުރަނީ އިސްރާއީލާއި ހަމާސް އިން ވަނީ ސޮއިކޮށްފައި، ފުރަތަމަ ފިޔަވަހީގެ ހަމަޖެހުން ގާއިމުކުރުމުގެ ޕްލޭނަށް،” ޣައްޒާގައި ތިބި ހުރިހާ އަސީރުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިނިވަންވެ، އިސްރާއީލް ސިފައިން ވެސް ޣައްޒާ އިން ފައިބާނެ ކަން ހާމަކޮށް ޓްރަމްޕް ބުނެފައިވެއެވެ.

މިކަމާ ގުޅޭ މަޝްވަރާތައް މީގެ ހަތަރު ދުވަސް ކުރިން، މިސްރުގެ ކެއިރޯގައި ވެސް ކުރިއަށް ދިޔައެވެ. އަދި މި މަޝްވަރާތަކުގައި އިސްރާއީލްގެ މަންދޫބުންނާއި ހަމާސްގެ މަންދޫބުން ވެސް ބައިވެރިވިއެވެ. އިސްރާއީލާއި ހަމާސް އިން އެއްބަސްވެފައިވަނީ ހަނގުރާމަ ހުއްޓާލުމާ ގުޅޭ ފުރަތަމަ ފިޔަވައްސަށެވެ.

ޓްރަމްޕްގެ ޕްލޭންގައި ހިމެނޭ މުހިންމު ކަންކަމުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރާތާ 72 ގަޑިއިރުގެ ތެރޭގައި ހަނގުރާމަ ހުއްޓާލައި އަސީރުން މިނިވަން ކުރުމުގެ މަރުހަލާ ފެށުން ހިމެނެއެވެ. އިސްރާއީލުން ގަބޫލުކުރާ ގޮތުގައި މިހާރު ވެސް ޣައްޒާގައި 48 އަސީރުން އެބަތިބިއެވެ. އޭގެ ތެރެއިން 20 މީހަކު ދުނިޔޭގައި އަދިވެސް އެބަތިބި ކަމަށް އިސްރާއީލުން ގަބޫލުކުރެއެވެ. މި ޕްލޭނާ އެއްގޮތަށް ދާ ނަމަ، ފަލަސްތީނުގެ 2،000 މީހުން ޖަލުތަކުން މިނިވަން ކުރާނެއެވެ.

ހަމާސް އިން މިހާރު ވަނީ ޖަލުތަކުން މިނިވަން ކުރަން ބޭނުންވާ މީހުންގެ ލިސްޓު ހުށަހަޅައިފައެވެ.

ޓްރަމްޕްގެ ޕްލޭންގައިވާ ގޮތުން ހަނގުރާމަ ހުއްޓާލާތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ޣައްޒާ އަލުން އާރާސްތު ކުރުން ހިމެނެއެވެ. އަދި ހަމާސްގެ ބައިވެރިވުމެއް ނެތި ޣައްޒާގައި އުފައްދާ ސަރުކާރަށް އެމެރިކާ އިން އެއްބާރުލުންދީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގައި ވެސް ބައިވެރިވާން އެމެރިކާއިން ވަނީ އެއްބަސްވެފައެވެ.

އިސްރާއީލުން ޣައްޒާގައި ގަތުލުއާންމުތައް ހިންގާތާ ދެ އަހަރުވެފައިވާ އިރު، އޮކްޓޯބަރު 7، 2023 އިން ފެށިގެން މިހާތަނަށް އައިއިރު، ޣައްޒާ އިން ފަލަސްތީނުގެ 67،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު ވެސް 167،000 އަށް ވުރެ މައްޗަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ސްޕޭސްއެކްސްގެ އައިޕީއޯއާއެކު އީލޮން މަސްކް ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް ވެއްޖެ

އިސްރާއީލުގެ ޖަލުތަކަށް ވަނުމުގެ ހުއްދަ ރެޑް ކްރޮސްއަށް ދޭން އަމުރުކޮށްފި

ޣައްޒާގެ ޖައްވުން ޢީދު: ފުން ހިތާމަޔާއި އެކުވެސް ފެންނަނީ ނުގުޑާ ފަދަ ސާބިތުކަން

ހޮސްޕިޓަލްތައް ބިމާހަމަކޮށްފި: ސައުތު ސޫދާން ބޭސްފަރުވާއަށް ސަލާންޖަހަނީ