އިންޑިއާގެ މަޝްހޫރު ކޮމޭޑިއަން ބާރްތީ ސިންގާއި އޭނާގެ ފިރިމީހާ ހާރްޝް ލިމްބާޖިޔާ އަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން އިއުލާންކޮށްފިއެވެ.
ބާރްތީ ވަނީ މީގެ ކުރިންވެސް އޭނާ މި އަހަރު ތެރޭގައި ބަލިވެ އިންނާނެ ކަމަށް ބުނެފައެވެ. މަޝްހޫރު ކޮމޭޑިއަން އަދި ޝޯ ހުށައެޅުންތެރިޔާ ބުނެފައިވަނީ އޭނާގެ ފިރިހެން ދަރިފުޅަށް އަންހެން ކޮއްކޮ އަކު ހޯދަ ދޭން އޭނާ ވަރަށް ބޭނުންވާ ކަަމަށެވެ.
އޭނާ ހިތުލާފައިވާ ކަން ހަގީގަތަކަށްވެ މިއަދު އޭނާ އިނީ ދެވަނަ ދަރިއަކަށް ބަލިވެއެވެ.
އޭނާ ބަނޑުބޮޑުކަން އިއުލާން ކުރުމާއި އެކު އޭނާ އަށް ސަޕޯޓް ކުރާ މީހުން ދަނީ މަރުހަބާ ކިޔަމުންނެވެ.
ބާރްތީ ބުނީ ބަނޑަށް ދެމަހާއި ބައި ވި އިރުވެސް އޭނާއަކަށް ބަނޑުބޮޑުކަން އިހުސާސް ނުވާ ކަމަށެވެ.
ޕިންކުވިލާ އަށް ބާރްތީ ދީފައިވާ އިންޓަވިއުއެއްގައި އޭނާ ބުނީ ބަލިވެ އިންކަން އެނގިފައިވަނީ އޭނާގެ ބަރުދަނަށް އައި ބަދަލުތަކުގެ ސަބަބުން ކަމަށެވެ.
ބާރްތީ ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި އޭނާ ބަނޑު ބޮޑުކަން އެނގުނު ފަހުން ނަގާފައިވާ ފުރަތަމަ ފޮޓޯ ހިއްސާކޮށްފައެވެ. އެފޮޓޯގައި އޭނާ ހުރީ ބަނޑުގައި ހިފަހައްޓައިގެންނެވެ. އަދި އޭނާގެ ފިރިމީހާ ހުރީ ބާރްތީ ގައިގައި އޭނާގެ އަތުން ހިފަހައްޓައިގެންނެވެ. މި ޗާލު ފޮޓޯ ނަގާފައިވަނީ ސުނޯތަކުން ފޮރުވިފައިވާ ފަރުބަދަ ތަކުގެ ކައިރީގައެވެ.


ކިޔުންތެރިންގެ ހިޔާލު