Advertisement

އެންމެ ބޯޓެއް ފިޔަވާ ޣައްޒާއަށް އެހީ ހިފައިގެން ދިޔަ ހުރިހާ އުޅަނދެއް އިސްރާއީލުން ހިފަހައްޓައިފި

ޣައްޒާއަށް އެހީ ހިފައިގެން ދަތުރު ކުރަމުންދާ ހުރިހާ ފްލޮޓިލާ ބޯޓުތަކެއްގެ ތެރެއިން އެންމެ ބޯޓެއް ފިޔަވާ ހުރިހާ ބޯޓެއް ހިފަހައްޓާފައިވާ ކަަމަށް އިސްރާއީލުގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

“ގްލޯބަލް ސުމޫދު ފްލޯޓިލާ” ގެ ބައެއް ބޯޓުތައް ހުއްޓުވައި އިސްރާއީލް ސިފައިން، އެ ބޯޓުތަކުގައި ތިބި މީހުން ދަނީ ހައްޔަރު ކުރަމުންނެވެ.

Advertisement

އެ ބޯޓުތަކުގައި ރާއްޖެ ހިމެނޭ ގޮތަށް 46 ގައުމެއްގެ 497 މީހުން ހިމެނެއެވެ. ބޯޓުތަކުގައި ތިބި މީހުންގެ ތެރޭގައި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ގާނޫނީ ވަކީލުންނާއި ސިޔާސީ ޝަހްސިއްޔަތުންނާއި ނުފޫޒު ގަދަ އެކްޓިވިސްޓުންނާއި އާންމުންގެ ލޯބި ހޯދާފައިވާ މީހުން ވެސް ހިމެނެއެވެ.

އިސްރާއީލުގެ ފޮރިން މިނިސްޓްރީން ބުނީ ގްލޯބަލް ސުމޫދު ފްލޮޓިލާ ބޯޓުތަކުގެ ތެރެއިން އެއްވެސް އުޅަނދެއް ހަނގުރާމަވެރި ސަރަހައްދަކަށް ވަދެފައި ނުވާ ކަމަށެވެ.

‘ހުރިހާ އެންމެންގެވެސް ހާލު ވެސް ރަނގަޅު. އެ މީހުން ސަލާމަތުން އިސްރާއީލަށް ދަތުރު ކުރަމުން އަންނަ އިރު، އެ މީހުން އަނބުރާ ޔޫރަޕަށް ފޮނުވާލާނެ،” އެ މިނިސްޓްރީން ބުނެފައި ވެއެވެ.

އަދި އެއް ބޯޓު އަދިވެސް އޮތީ ކަނޑުމަތީގައި ކަމަށާއި އެކްޓިވް ކޮމްބެޓް ޒޯނަކަށް ވަދެ ހުރަސް އަޅަން މަސައްކަތް ކޮށްފި ނަމަ އެ ބޯޓު ވެސް ހުއްޓުވޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

އިސްރާއީލުން ބުނާ ގޮތުގައި އެމީހުން ހައްޔަރު ކުރަނީ ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަންނަމުންދާތީ ކަމަށެވެ. އެކަމަކު ފްލޮޓީލާގެ ބޯޓުތަކުގައި ތިބި މީހުން ބުނަމުން ދަނީ އިސްރާއީލުން ޣައްޒާ އާއި ޣައްޒާގެ ކަނޑުގެ ސަރަހައްދު ބަންދުކޮށްގެން އުޅެނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކަމަށެވެ. އަދި އެމީހުންގެ ބޯޓުތަކަށް ހުރަސް އެޅުމަކީ ބައިނަލްއަގުވާމީ ކޯޓުގައި ފިޔަވަޅު އެޅޭނެ ކަމެއް ކަމަށް ވެސް އެމީހުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އިސްރާއީލުގެ ޖަލުތަކަށް ވަނުމުގެ ހުއްދަ ރެޑް ކްރޮސްއަށް ދޭން އަމުރުކޮށްފި

ޣައްޒާގެ ޖައްވުން ޢީދު: ފުން ހިތާމަޔާއި އެކުވެސް ފެންނަނީ ނުގުޑާ ފަދަ ސާބިތުކަން

ހޮސްޕިޓަލްތައް ބިމާހަމަކޮށްފި: ސައުތު ސޫދާން ބޭސްފަރުވާއަށް ސަލާންޖަހަނީ

ހަނގުރާމައިގެ ބިރުވެރިކަމާ އެކު، އީރާނުގެ ދައުލަތުގެ ޓީވީން ބަޑިޖަހާނެ ގޮތުގެ ތަމްރީނުތައް ދޭން ފަށައިފި