Advertisement

ޔަހޫދީން ދައްކާ ބިރަކަށް ބެލުމެއް ނެތި ފްލޮޓީލާގެ ބައެއް ބޯޓުތައް ޣައްޒާއާ އަރާ ހަމަވަނީ!

އިސްރާއީލުން ބަނޑަށް ޖައްސާފައިވާ ފަލަސްތީނުގެ ޣައްޒާގެ ހިސާރު ނިމުމަކަށް ގެނެސް، އެހީގެ ތަކެތި ފޯރުކޮށްދިނުމުގެ މަގްސަދުގައި ކަނޑުމަގުން ދަތުރު ކުރަމުން އަންނަ “ގްލޯބަލް ސުމޫދު ފްލޯޓިލާ” ގެ ބައެއް ބޯޓުތައް ހުއްޓުވި ނަމަވެސް އެހެން ބައެއް ބޯޓުތައް ނުހުއްޓި ޣައްޒާއަށް ދަތުރުކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އިސްރާއީލްގެ ބިރަކަށް ބެލުމެއް ނެތި މިހާރު ވެސް ތިރީހަކަށް ބޯޓު ޣައްޒާއާ ދިމާލަށް ދަނީ ދަތުރު ކުރަމުންނެވެ. އެ ބޯޓުތައް މިހާރު އޮތީ ޣައްޒާއާ ގާތްގަނޑަކަށް 30 މޭލު ކައިރީގައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

Advertisement

އެ ބޯޓުތަކުގައި ރާއްޖެ ހިމެނޭ ގޮތަށް 46 ގައުމެއްގެ 497 މީހުން ހިމެނެއެވެ. ބޯޓުތަކުގައި ތިބި މީހުންގެ ތެރޭގައި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ގާނޫނީ ވަކީލުންނާއި ސިޔާސީ ޝަހްސިއްޔަތުންނާއި ނުފޫޒު ގަދަ އެކްޓިވިސްޓުންނާއި އާންމުންގެ ލޯބި ހޯދާފައިވާ މީހުން ވެސް ހިމެނެއެވެ.

އިސްރާއީލުން ރޭގައި ވަނީ މީގެތެރެއިން ބައެއް ބޯޓުތަކަށް އަރައި އޭގައި ތިބި މީހުން ހައްޔަރުކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އިސްރާއީލުން ހުއްޓުވި ބޯޓުތަކުގެ އަދަދު 16 އަށް އަރައެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ސްވިޑަންގެ ތިމާވެށީގެ އެކްޓިވިސްޓު ގްރެޓާ ތަންބާގް ދަތުރުކުރި ބޯޓު ވެސް ހިމެނެއެވެ. މިދިޔަ ޖޫން މަހު މިފަދަ ދަތުރެއްގައި ބައިވެރިވި މައްސަލައިގައި ގްރެޓާ ވަނީ އިސްރާއީލަށް ނާދެވޭ ގޮތަށް ޑީޕޯޓުކޮށްލައިފައެވެ.

އިސްރާއީލުން ބުނާ ގޮތުގައި އެމީހުން ހައްޔަރު ކުރަނީ ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަންނަމުންދާތީ ކަމަށެވެ. އެކަމަކު ފްލޮޓީލާގެ ބޯޓުތަކުގައި ތިބި މީހުން ބުނަމުން ދަނީ އިސްރާއީލުން ޣައްޒާ އާއި ޣައްޒާގެ ކަނޑުގެ ސަރަހައްދު ބަންދުކޮށްގެން އުޅެނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކަމަށެވެ. އަދި އެމީހުންގެ ބޯޓުތަކަށް ހުރަސް އެޅުމަކީ ބައިނަލްއަގުވާމީ ކޯޓުގައި ފިޔަވަޅު އެޅޭނެ ކަމެއް ކަމަށް ވެސް އެމީހުން ދަނީ ބުނަމުންނެވެ.

“ބުރާސްފަތި ދުވަހުގެ ފަތިސްވި އިރު، ޣައްޒާއާ ދިމާއަށް އަދިވެސް 30 ބޯޓެއް ދުއްވަމުން ދާއިރު ޣައްޒާގެ އައްސޭރިއާ ދަނީ ކައިރިވަމުން،” ފްލޮޓީލާއިން އެކްސްގައިގައި ރޭ ފަތިހު ކުރި ޕޯސްޓެއްގައިވެއެވެ.

ބޯޓުތައް ޣައްޒާގައި ބަނދަރު ކުރަން ފުރުސަތު ދިނުމުގެ ވިސްނުމެއް އިސްރާއީލުން ނުގެންގުޅެއެވެ. އިސްރާއީލުން ބޭނުން ވަނީ ބޯޓުތައް ސައިޕްރަސް ނޫނީ އެ ސަރަހައްދުގެ ބަނދަރަކަށް ކައިރި ކުރުމަށް ފަހު، މުދާތައް ބޭލުމަށެވެ. އިސްރާއީލުން ތަކުރާރުކޮށް ބުނަނީ ޣައްޒާގެ ކަނޑުގެ ސަރަހައްދު ބަންދުކޮށްފައި އޮތް އޮތުން ދަމަހައްޓާނެ ކަމަށެވެ.

ފްލޮޓީލާގެ ބައެއް އުޅަނދުތަކާ މުއާސަލާތުކުރުމުގައި ދަތިތަކާ ކުރިމަތިވެފައިވާ އިރު، އެކަން އެގޮތަށް ވަނީ ސިގްނަލް ޖޭމް ކުރަމުންދާތީ ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އިސްރާއީލުގެ ޖަލުތަކަށް ވަނުމުގެ ހުއްދަ ރެޑް ކްރޮސްއަށް ދޭން އަމުރުކޮށްފި

ޣައްޒާގެ ޖައްވުން ޢީދު: ފުން ހިތާމަޔާއި އެކުވެސް ފެންނަނީ ނުގުޑާ ފަދަ ސާބިތުކަން

ހޮސްޕިޓަލްތައް ބިމާހަމަކޮށްފި: ސައުތު ސޫދާން ބޭސްފަރުވާއަށް ސަލާންޖަހަނީ

ހަނގުރާމައިގެ ބިރުވެރިކަމާ އެކު، އީރާނުގެ ދައުލަތުގެ ޓީވީން ބަޑިޖަހާނެ ގޮތުގެ ތަމްރީނުތައް ދޭން ފަށައިފި