Advertisement

ސުމޫދު ފްލޮޓިލާ މޮނިޓާކޮށް ބެލެހެއްޓުމަށް ތުރުކީން ޑްރޯން ފޮނުވައިފި

ގްލޯބަލް ސުމޫދު ފްލޮޓިލާ މޮނިޓާ ކުރުމުގައި ސްޕެއިން، އިޓަލީ އަދި ގްރީސްއާއެކު ތުރުކީން ވެސް ބައިވެރިވެއްޖެކަން ފްލައިޓް ޑޭޓާތަކުން ހާމަވެއްޖެއެވެ.

ފްލައިޓް ޓްރެކިންްގް ވެބްސައިޓްތަކުން ދައްކާ ގޮތުގައި ތުރުކީގެ ކޯލު އެއާބޭސްއިން ފުރި ޑްރޯން ވޭތުވެދިޔަ ތިން ދުވަހު ފްލޮޓިލާގެ މަތީގައި ބުރުޖަހަމުން ގޮސްފައިވެއެވެ.

Advertisement

އެ ޑްރޯންތައް ފޮނުވި ސަބަބާ ގުޅޭގޮތުން ރޮއިޓާޒްއިން ތުރުކީގެ ފޮރިން މިނިސްޓްރީ އަދި ޑިފެންސް މިނިސްޓްރީއާއި އިންޓެލިޖެންސް އޭޖެންސީއަށް ކޮމެންޓަކަށް އެދުމުން އެއްވެސް ފަރާތަކުން ޖަވާބެއް ދީފައެއް ނުވެއެވެ. އަދި ޑްރޯން ފްލައިޓްތަކުގެ ބޭނުމަކީ ކޮބައިކަން ކަށަވަރުކުރެވިފައި ނުވާކަމަށް ރޮއިޓާޒްއިން ބުނެފައިވެއެވެ.

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރަމުންދާ ގްލޯބަލް ސުމޫދު ފްލޮޓިލާ މިހާރު ދަތުރު ކުރަމުންދަނީ ކޮންމެވެސް ވަރެއްގެ ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ “ރީނދޫ ސަރަހައްދު” ގައެވެ.

އެ ފްލޯޓިލާގެ ޓްރެކަރުން ބުނާ ގޮތުގައި އިސްރާއީލުގެ ޣައްޒާ ހިފުމުގެ ރޭވުން މުގުރާލައި، އެ ސިޓީގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަގުސަދުގައި މިހާރު ޣައްޒާއާ ދިމާއަށް 47 އުޅަނދެއް ދަތުރުކުރަމުން އެބަ ދެއެވެ.

ސުމުދު ނޫސަންތަރާ ކޮމާންޑް ސެންޓަރު ޑަޓޫކްގެ ޑިރެކްޓަރު ޖެނެރަލް ޑރ ސާނީ އަރަބީ އަބްދުލް އަލީމް އަރަބީ ވަނީ މި އުޅަނދުތައް އަންނަ ބުރާސްފަތި ދުވަހު “ނުރައްކާ ސަރަހައްދު” ނުވަތަ “ރަތް ސަރަހައްދަށް” ވަންނާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފައެވެ.

ޣައްޒާގެ ރައްޔިތުންނަށް އެހީގެ ތަކެތި ފޯރުކޮށްދިނުމާއި، ފަލަސްތީނަށް ތާއީދުކުރާ ހަރަކާތްތެރިން ގޮވައިގެން ދަތުރުކުރަމުންދާ “ގްލޯބަލް ސުމޫދު ފްލޮޓިއްލާ”އަށް އިސްރާއީލުން ހަމަލާތަކެއް ދޭނެ ކަމަށް އެ ފްލޮޓިލާގެ ބައިވެރިން ވަނީ ބުނެފައެވެ.

އިސްރާއީލުން ބުނަމުން ދަނީ އެ ބޯޓްތައް އިސްރާއީލުގެ ކަނޑަށް ވަނުމާއެކު ހުއްޓުވާނެ ކަމަށެވެ. އަދި އިސްރާއީލުގެ ނިރުބަވެރި ސިފައިން އެކަމަށް ތައްޔާރުވެފައިވާ ކަމަށް ވެސް އިސްރާއީލުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ސްޕޭސްއެކްސްގެ އައިޕީއޯއާއެކު އީލޮން މަސްކް ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް ވެއްޖެ

އިސްރާއީލުގެ ޖަލުތަކަށް ވަނުމުގެ ހުއްދަ ރެޑް ކްރޮސްއަށް ދޭން އަމުރުކޮށްފި

ޣައްޒާގެ ޖައްވުން ޢީދު: ފުން ހިތާމަޔާއި އެކުވެސް ފެންނަނީ ނުގުޑާ ފަދަ ސާބިތުކަން

ހޮސްޕިޓަލްތައް ބިމާހަމަކޮށްފި: ސައުތު ސޫދާން ބޭސްފަރުވާއަށް ސަލާންޖަހަނީ