Advertisement

ޣައްޒާއަށް އެހީ ހިފައިގެން ދަތުރުކުރި ފްލޮޓިއްލާއަށް ގްރީސް ކައިރިން ހަމަލާ ތަކެއް ދީފި

ޣައްޒާގެ ރައްޔިތުންނަށް އެހީގެ ތަކެތި ފޯރުކޮށްދިނުމާއި، ފަލަސްތީނަށް ތާއީދުކުރާ ހަރަކާތްތެރިން ގޮވައިގެން ދަތުރުކުރަމުންދިޔަ “ގްލޯބަލް ސުމޫދު ފްލޮޓިއްލާ” އަށް، ގްރީސް ކައިރިން ދަތުރުކުރަނިކޮށް ހަމަލާތަކެއް ދީފައިވާކަމަށް ރިޕޯޓުކޮށްފިއެވެ.

މި ހަމަލާތައް ދީފައިވަނީ އަންގާރަ ދުވަހުގެ ފަތިހުން ފެށިގެން ބުދަ ދުވަހުގެ ފަތިހުގެ ވަގުތާ ހަމައަށް ކަމަށް، ފްލޮޓިއްލާގެ ރާވާ ހިންގާ ފަރާތުން ބުނެއެވެ.

Advertisement

މި ހަމަލާތަކުގައި ފްލޮޓިއްލާގައި ތިބި އެއްވެސް މީހަކަށް ހަށިގަނޑަށް އަނިޔާއެއް ނުވާކަމަށް އެ ފަރާތުން ބުނިނަމަވެސް، މުއާސަލާތީ ނިޒާމުތަކަށް ބުރޫއެރުވުމަށް މަސައްކަތްކޮށްފައިވާ ކަމަށް ވަނީ ހާމަކޮށްފައެވެ.

ބްރެޒިލްގެ ހަރަކާތްތެރިއެއް ކަމަށްވާ ތިއާގޯ އަވީލާ ބުދަ ދުވަހުގެ މެންދަމު އޭނާގެ އިންސްޓަގްރާމްގައި ޝާއިއުކުރި މެސެޖެއްގައި ބުނެފައިވަނީ، ޖުމްލަ 10 ހަމަލާ އެއްފަހަރާ އެކި ބޯޓުތަކަށް އަމާޒުކޮށް ދީފައިވާ ކަމަށެވެ. މި ހަމަލާތަކުގައި ސައުންޑް ބޮމްތަކާއި ގޮވާ ބާވަތުގެ ފުލެއާތައް ބޭނުންކުރިއިރު، ތަފާތު ކެމިކަލްތައް ދޫކޮށްފައިވާ ކަމަށްވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

އެމެރިކާގެ ހަރަކާތްތެރިއެއް ކަމަށްވާ ގްރެގް ސްޓޯކާ ބުނީ، ކްރީޓްގެ އައްސޭރިކައިރިން ދަތުރުކުރަމުންދިޔަ އޭނާގެ ބޯޓަށްވެސް ހަމަލާދީ، ގޮވާ އެއްޗެއް ބޯޓުގެ ޑެކަށް ވައްޓާލިކަމަށެވެ. މީގެ އިތުރުން، ބޯޓުގެ ރޭޑިއޯ ސިސްޓަމް ހެކްކޮށް، މަޝްހޫރު ބޭންޑެއް ކަމަށްވާ “އައްބާ” (Abba) ގެ ލަވަތައް ޖަހާފައިވާ ކަމަށްވެސް ސްޓޯކާ ވަނީ ބުނެފައެވެ.

މި ހަމަލާތަކާ ގުޅޭގޮތުން އިސްރާއީލުގެ ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް އަންގާރަ ދުވަހުގެ އިސްރާއީލުގެ ހާރިޖީ ވުޒާރާއިން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި ފްލޮޓިއްލާ ކުރާ ދަތުރަކީ ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ކުރާ ދަތުރެއް ނޫންކަމަށް، އެއީ ހަމާސްއަށް ހިދުމަތްކުރުމަށް ކުރާ ދަތުރެއްކަމަށެވެ.

އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން ވަނީ، ބޯޓުތަކުގައި ހުރި އެހީތައް އިސްރާއީލާ ހަވާލުކޮށްފިނަމަ، ގާތުގައިވާ އަޝްކެލޯން މެރީނާ މެދުވެރިކޮށް “އަމާންކަމާއެކު” ޣައްޒާއަށް ފޮނުވައިދިނުމަށް ހުށަހަޅާފައެވެ. ނަމަވެސް ފްލޮޓިއްލާގެ އޯގަނައިޒަރުން ވަނީ މި ހުށަހެޅުން ދެކޮޅު ހަދާފައެވެ.

އިސްރާއީލުން ކުރި ޕޯސްޓުގައި ބުނެފައިވަނީ، ފްލޮޓިއްލާއިން އިސްރާއީލުގެ ހުށަހެޅުމާއި ދެކޮޅު ހަދައިފިނަމަ، އެ ސަރަހައްދަށް ވަނަ ނުދޭނެ ކަމަށެވެ. އަދި ކަނޑުމަގުން އެ ސަރަހައްދަށް ވަނަ ނުދީ ބޯޓްތައް ހުއްޓުވާނެ ކަމުގެ އިންޒާރުވެސް އެ ބަޔާނުގައި ދީފައިވެއެވެ.

ޖުމްލަ 51 ބޯޓު ހިމެނޭ މި ފްލޮޓިއްލާ މި މަހުގެ ކުރީކޮޅު މެޑިޓެރޭނިއަން ކަނޑުގެ ހުޅަނގު ފަރާތުން ދަތުރުފެށީ، ޣައްޒާގެ މައްޗަށް އިސްރާއީލުން ހިންގާ ދަތިކުރުންތައް ނައްތާލައި، އެ ސަރަހައްދަށް އެހީގެ ތަކެތި ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ. މި ދަތުރުފެށުމުގެ ކުރިން ޓިއުނީޝިއާގައި ބަނދަރުކޮށްފައި އޮތްއިރުވެސް، ދެފަހަރެއްގެ މަތިން ޑްރޯން ހަމަލާ ދިންކަމަށް ތުހުމަތުކުރެވިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އިސްރާއީލުގެ ޖަލުތަކަށް ވަނުމުގެ ހުއްދަ ރެޑް ކްރޮސްއަށް ދޭން އަމުރުކޮށްފި

ޣައްޒާގެ ޖައްވުން ޢީދު: ފުން ހިތާމަޔާއި އެކުވެސް ފެންނަނީ ނުގުޑާ ފަދަ ސާބިތުކަން

ހޮސްޕިޓަލްތައް ބިމާހަމަކޮށްފި: ސައުތު ސޫދާން ބޭސްފަރުވާއަށް ސަލާންޖަހަނީ

ހަނގުރާމައިގެ ބިރުވެރިކަމާ އެކު، އީރާނުގެ ދައުލަތުގެ ޓީވީން ބަޑިޖަހާނެ ގޮތުގެ ތަމްރީނުތައް ދޭން ފަށައިފި