Advertisement

ތައިލޭންޑުގެ ކުރީގެ ބޮޑު ވަޒީރަށް އެއް އަހަރުގެ ޖަލު ހުކުމެއް

ތައިލެންޑްގެ އެންމެ ބާރުގަދަ ސިޔާސީ ލީޑަރު އަދި އެ ގައުމުގެ ކުރީގެ ބޮޑު ވަޒީރު ތަކްސިން ޝިނާވަތުރާ އެއް އަހަރަށް ޖަލަށްލުމަށް ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފައެވެ.

ސުޕްރީމް ކޯޓުން މި ނިންމުން ނިންމީ އޭނާ 2023 ވަނަ އަހަރު އިއްވި ޖަލު ހުކުމް ތަންފީޒު ކުރީ ރަނގަޅަކަށް ނޫން ކަމަށް ވިދާޅުވެއެވެ. އޭނާ އެ ދުވަސްވަރު ހޭދަ ކުރީ ހޮސްޕިޓަލުގައެވެ.

Advertisement

ޝިނާވަތުރާގެ ސިޔާސީ ދަރިކޮޅަކީ ދެ ދަހަރު ވަންދެން ތައިލެންޑްގެ އަސްކަރިއްޔާއަށާއި ރަސްކަން ކުރިމަތިލާން ޖެހުނު ބޮޑު ދުޝްމަނެކެވެ. ތައިލޭންޑުގައި ރަސްކަން ކުރާ ފަރާތްތަކުން އެ އާއިލާ ދެކުނީ ސަގާފީ އިޖުތިމާއީ ނިޒާމަށް އޮތް ނުރައްކަލެއްގެ ގޮތުގައެވެ.

ނަމަވެސް މިހާރު، ތައިލޭންޑުގައި މި އާއިލާގެ ބާރު ކުޑަ ވަމުން އަންނަކަމަށާއި އެއީ ގާނޫނީ އަދި ސިޔާސީ ގޮތުން ކުރިމަތިވި ނާކާމިޔާބީތަކަށް ފަހު ކަމަށް އެ ގައުމުގެ ރައްޔިތުން ގަބޫލުކުރެއެވެ. އޭގެ އެންމެ ބޮޑު ހެެއްކަކީ މިދިޔަ މަހު އޭނާގެ އަންހެން ދަރިފުޅު ޕެޓޮންގްޓާން ޝިނާވަޓްރާ ބޮޑު ވަޒީރުގެ މަގާމުން ވަކިކުރުން ކަމަށް ވެސް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.

ނަމަވެސް، މިސަދު ސުޕްރީމް ކޯޓުން ކުރި ހުކުމަކީ ތައިލެންޑްގެ އެންމެ ބޮޑު ސިޔާސީ އެއް ބާރަށް މިހާތަނަށް ލިބުނު އެންމެ ވޭންދެނިވި ގެއްލުމެވެ.

ސަސްޕެންޑުގައި ހުރި ތައިލޭންޑުގެ ބޮޑުވަޒީރު، ޕެޓޮންގްޓާން ޝިނާވަތްރާ މަގާމުން ވަކި ކުރީ މިދިޔަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުއެވެ.

އޭނާ ސަސްޕެންޑް ކޮށްފައިވަނީ ތައިލެންޑާއި ކެމްބޯޑިއާއާއި ދެމެދު ޑިޕްލޮމެޓިކް މައްސަލަތަކެއް ހިނގަމުން ދަނިކޮށް، ކެމްބޯޑިއާގެ ކުރީގެ ސިޔާސީ ލީޑަރަކަށް ގުޅައި ދެއްވި ވާހަކަތަކެއްގެ ފޯނު ކޯލު ލީކުވުމާއި ގުޅިގެން މިދިޔަ ޖުލައި މަހުގެ 1 ވަނަ ދުވަހުއެވެ. އޭނާ ސަސްޕެންޑް ކުރީ ކޯޓުގައި ތިއްބެވި 9 ފަނޑިޔާރުންގެ ތެރެއިން 7 ފަނޑިޔާރުންގެ ވޯޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ސްޕޭސްއެކްސްގެ އައިޕީއޯއާއެކު އީލޮން މަސްކް ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް ވެއްޖެ

އިސްރާއީލުގެ ޖަލުތަކަށް ވަނުމުގެ ހުއްދަ ރެޑް ކްރޮސްއަށް ދޭން އަމުރުކޮށްފި

ޣައްޒާގެ ޖައްވުން ޢީދު: ފުން ހިތާމަޔާއި އެކުވެސް ފެންނަނީ ނުގުޑާ ފަދަ ސާބިތުކަން

ހޮސްޕިޓަލްތައް ބިމާހަމަކޮށްފި: ސައުތު ސޫދާން ބޭސްފަރުވާއަށް ސަލާންޖަހަނީ