Advertisement

އަފްޣާނިސްތާނުގެ ބިންހެލުން: އިންޑިއާއިން އިންސާނީ އެހީ ފޯރުކޮށްދީފި

އަފްޣާނިސްތާނަށް އައި ބިންހެލުމާ ގުޅިގެން އިންޑިއާ އިން އަފްޣާނިސްތާނަށް އިންސާނީ އެހީ ފޯރުކޮށްދީފިއެވެ.

ޔުނައިޓެޑް ނޭޝަންސް އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (ޔޫއެންއޯސީއެޗްއޭ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބިންހެލުން އައިސްފައި ވަނީ ޕާކިސްތާނުގެ ބޯޑަރު ކައިރީގައި އޮންނަ އަފްޣާނިސްތާނުގެ ނަންގަރްހާރު ޕްރޮވިންސަށެވެ.

Advertisement

ހޯމަ ދުވަހުގެ ހެނދުނު އަފްޣާނިސްތާނަށް ރެކްޓާ މިންގަނޑުން 6.3 ގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމެއްގެ ސަބަބުން ޕާކިސްތާނުގެ ބައެއް ސަރަހައްދުތައް ހިމެނޭގޮތަށް މުޅި އަފްޣާނިސްތާނަށް ވެސް ބިންހެލުންތަކެއް އައިސްފައިވާ ކަމަށް ނޭޝަނަލް ސެންޓާ ފޯ ސިސްމޮލޮޖީ (އެންސީއެސް) އިން ރިޕޯޓުކޮށްފައިވެއެވެ. އޭގެ ފަހުން 4 އާއި 5 އާ ދެމެދުގެ މެގްނިޓިއުޑްގެ އާފްޓާޝޮކްތަކެއް އައިސްފައިވެއެވެ.

ޔޫއެންއޯސީއެޗްއޭ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަތަރު ޕްރޮވިންސް ކަމަށްވާ ކުނާރް، ލަގްމަން، ނަންގަރްހާރު އަދި ނޫރިސްތާންގައި މިހާތަނަށް 800 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ރިޕޯޓްތައް ބުނާ ގޮތުން 12،000 މީހުންނަށް ބިންހެލުމުގެ ސީދާ އަސަރުކޮށްފައިވެއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ބިންހެލުމާ ގުޅިގެން އިންޑިއާއިން އަފްޣާނިސްތާނަށް އިންސާނީ އެހީ ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

ޕޯސްޓެއްގައި ފާހަގަކޮށްފައިވާ ގޮތުން އިންޑިއާ އިން ވަނީ 1،000 ޓެންޓު ކާބުލް އަށް ފޮނުވައިފައެވެ. އަދި 15 ޓަނުގެ ކާބޯތަކެތި ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެ ކުރިން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވަނީ އަފްޣާނިސްތާނުގެ ޚާރިޖީ ވަޒީރު މައުލަވީ އާމިރު ޚާން މުއްތަކީއާ ވާހަކަ ދައްކަވައިފައެވެ. އަދި އަފްޣާނިސްތާނަށް އައި ބިންހެލުމުގައި އެތައް ބައެއްގެ ފުރާނަ ގެއްލި، ގިނަ އަދަދެއްގެ މީހުން ޒަހަމްވެފައިވާތީ ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.

އަފްޣާނިސްތާނުގެ އިރުމަތީ ސަރަހައްދަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު އަންގާރަ ދުވަހު 1،411 އަށް އަރާފައި ކަމަށް އެގައުމު ސަރުކާރުގެ ތަރުޖަމާނު ޒަބީހުﷲ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އާދީއްތަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އައި 6.0 މެގްނިޓިއުޑްގެ ބިންހެލުމުގައި 3،124 މީހުން ޒަޚަމްވެފައިވާ ކަމަށް ތަރުޖަމާނު ޒަބީހު ﷲ މުޖާހިދު މީސް މީޑިއާގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އިސްރާއީލުގެ ޖަލުތަކަށް ވަނުމުގެ ހުއްދަ ރެޑް ކްރޮސްއަށް ދޭން އަމުރުކޮށްފި

ޣައްޒާގެ ޖައްވުން ޢީދު: ފުން ހިތާމަޔާއި އެކުވެސް ފެންނަނީ ނުގުޑާ ފަދަ ސާބިތުކަން

ހޮސްޕިޓަލްތައް ބިމާހަމަކޮށްފި: ސައުތު ސޫދާން ބޭސްފަރުވާއަށް ސަލާންޖަހަނީ

ހަނގުރާމައިގެ ބިރުވެރިކަމާ އެކު، އީރާނުގެ ދައުލަތުގެ ޓީވީން ބަޑިޖަހާނެ ގޮތުގެ ތަމްރީނުތައް ދޭން ފަށައިފި