Advertisement

ޓެއިލާ އާއި ޓްރެވިސް އެންގޭޖްވެއްޖެ،

މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ޓެއިލާ ސްވިފްޓް އާއި ކެންސަސް ސިޓީ ޗީފްސްގެ ޓައިޓް އެންޑް ޓްރެވިސް ކެލްސީ ކައިވެނިކުރަން ތައްޔާރުވެއްޖެއެވެ.

ދެ މީހުން އެކަން ހާމަކުރީ އިންސްޓަގްރާމްގައި ހިތްގައިމު ފޮޓޯތަކެއް ހިއްސާކޮށްފައެވެ. އެ ފޮޓޯތަކާއެކު ދެމީހުން ލިޔެފައިވަނީ “އިނގިރޭސި ޓީޗަރު އާއި ޖިމް ޓީޗަރު ކައިވެނިކުރަނީ” މިގޮތަށެވެ. މި ޕޯސްޓަށް އެތައް މިލިއަން ބައެއްގެ ސަމާލުކަން ލިބިފައިވެއެވެ.

Advertisement

ޓޭލާ އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި އެންގޭޖްމެންޓް އަނގޮޓި ވެސް ދައްކާލިއެވެ.

އެ ޕޯސްޓް ހިއްސާކުރިތާ ތިން ގަޑިއިރަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި 16 މިލިއަނަށްވުރެ ގިނަ ލައިކްސް ލިބުނެވެ. ގިނަ ފޭނުން ބުނަމުން ދަނީ މި ޕޯސްޓަކީ އިންސްޓަގްރާމް ރިކޯޑު މުގުރާލި ޕޯސްޓެއް ކަމަށެވެ. ނަމަވެސް އަދި އެ ރިކޯޑް މުގުރާލެވިފައެއް ނުވެއެވެ.

އިންސްޓަގްރާމްގައި މިހާރުވެސް އެންމެ ގިނަ ލައިކްސް ލިބިފައިވާ ޕޯސްޓަކީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށް އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ކުރި ޕޯސްޓެވެ. އެ ޕޯސްޓަށް 74.5 މިލިއަނަށްވުރެ ގިނަ ލައިކްސް ލިބިފައިވެއެވެ. ދެވަނަ އަށް އެންމެ ގިނަ ލައިކްސް ލިބިފައިވަނީ 2019 ވަނަ އަހަރުގެ މަޝްހޫރު ބިސް ފޮޓޯއަށެވެ. އެ ފޮޓޯއަށް 60 މިލިއަން ލައިކްސް ލިބިފައިވެއެވެ. މީގެ އިތުރުން މެސީގެ މަޝްހޫރު ލުއި ވިޓޯން އިޝްތިހާރު ހިމެނޭގޮތަށް ތިންވަނަ، ހަތަރުވަނަ އަދި ފަސްވަނަ އަށް އެންމެ ގިނަ ލައިކްސް ލިބިފައިވާ ޕޯސްޓްތައްވެސް ހިފަހައްޓަނީ މެސީއެވެ.

ޓޭލާ އާއި ޓްރެވިސް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދެ އަހަރުވެއްޖެއެވެ. ސްވިފްޓް އާއި ކެލްސީ ގުޅެން ފަށާފައިވަނީ 2023 ވަނަ އަހަރުން ފެށިގެންނެވެ. އެ ދެމީހުންގެ ގުޅުމާ ބެހޭގޮތުން ޝައްކުތައް އުފެދުނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އެއީ ސްވިފްޓް ފުރަތަމަ ފަހަރަށް ކެންސަސް ސިޓީގެ ފުޓްބޯޅަ މެޗެއް ބަލަން ދިޔަ އިރު، ކެލްސީގެ މަންމަ ކަމުގައިވާ ޑޮނާ ކެލްސީއާ އެކު އޭނާ ފެނިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

“ވިޒިޓް ފޯކައިދޫ” އިފްތިތާޙުކުރުމުގެ ޝަރަފުވެރި މެހެމާނަކަށް އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ވިބޫތީ ޝަރުމާ ހަމަޖައްސައިފި

ލެޖެންޑަރީ ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ ނިޔާވެއްޖެ

މަޝްހޫރު ފިލްމު ޑައިރެކްޓަރު ނިމާލް ނިޔާވެއްޖެ

“ގޮވިއްޖެ ނަދުރުން” މަޝްހޫރުވި ނުފޫޒުގަދަ ފިލްމީ ބައްޕަ ނައީމް ނިޔާވެއްޖެ