ނިރުބަވެރި އިސްރާއީލުގެ ސަރުކާރުން ދަނީ ފަލަސްތީނުގެ ޣައްޒާއަށް އެހީ ވެއްދުން ހުއްޓުވުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަމުންނެވެ.
ޣައްޒާގައި ބަނޑުހައިހޫނުކަން އިތުރުވަމުންދާ ދަނޑިވަޅުގައި ކުޑަ ކުދިންނާއި ބަލި މީހުންނަށް ބޭނުންވާ 430 ވައްތަރެއްގެ އަސާސީ ކާނާ އެތެރެވުން ހުއްޓުވާ ކަމަށް ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައިވެއެވެެ.
ޣައްޒާއަށް އެތެރެ ކުރުން މަނާ ބާވަތްތައް:
- – ބިސް
– މީޓް
– ޕޯލްޓްރީ
– މަސް
– ޗީޒް
– ކިރު އުފެއްދުންތައް
– މޭވާ
– ތަރުކާރީ
– ނިއުޓްރިޝަނަލް ސަޕްލިމެންޓްސް
– މާބަނޑު އަންހެނުންނާއި ބަލިމީހުންނަށް ބޭނުންވާ ނަޓްސް އަދި އެހެނިހެން ސަޕްލިމެންޓްތައް
މީޑިއާ އޮފީހުން ފާހަގަކުރި ގޮތުގައި ޣައްޒާގެ 2.4 މިލިއަން މީހުންގެ އަސާސީ ބޭނުންތައް ފުއްދުމަށް ދުވާލަކު 600 އަށް ވުރެ ގިނަ އެހީ ޓްރަކް ބޭނުންވާ ނަމަވެސް، އެއާ ގާތްކުރާ އަދަދަކަށް ވެސް ޓްރަކް ޣައްޒާއަށް ވަދެފައެއް ނުވެއެވެ.
“އިންސާނީ ކާރިސާގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ އިސްރާއީލާއި އެ ގައުމަށް ތާއިދު ކުރާ ގައުމުތަކުން” މީޑިއާ އޮފީހުން ބުނެފައިވެއެވެ.
ޣައްޒާއަށް ވަނުމަށް އޮތް ހުރަސްތައް ނައްތާލައި ކާބޯތަކެއްޗާއި ބެބީ ފޯމިއުލާ އަދި ބޭސްތައް ޣައްޒާއަށް ވަދެވޭނެ ކަމުގެ ޔަގީންކަން ދިނުމަށް އަވަސް ފިޔަވަޅު އެޅުމަށް އެ އޮފީހުން ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ވަނީ މިދިޔަ ޖުލައި 27 އިން ފެށިގެން އިސްރާއީލުން ޓްރަކްތަކަށް ވަނުމުގެ ހުއްދަ ދޭނެ ކަމަށް އިއުލާން ކުރި ފަހުން އެންކްލޭވް އަށް އެހީ ފޯރުކޮށްދިން ވޭތުވެދިޔަ 30 ދުވަހުގެ ހިސާބުތައް އާންމުކޮށްފައެވެ.
އެންކްލޭވަށް ދުވާލެއްގެ މައްޗަށް ވަތް ޓްރަކްތަކުގެ އަދަދު:
- ޖުލައި 27 (ހުކުރު ދުވަހު) – 73 ޓްރަކް
- ޖުލައި 28 (ހޯމަ ދުވަހު) – 87 ޓްރަކް
- ޖުލައި 29 (އަންގާރަ ދުވަހު) – 109 ޓްރަކް
- ޖުލައި 30 (ބުދަ ދުވަހު) – 112 ޓްރަކް
- ޖުލައި 31 (ބުރާސްފަތި ދުވަހު) – 104 ޓްރަކް
- އޮގަސްޓް 1 (ހުކުރު ދުވަހު) – 73 ޓްރަކް
- އޮގަސްޓް 2 (ހޮނިހިރު ދުވަހު) – 36 ޓްރަކް
- އޮގަސްޓް 3 (ހުކުރު ދުވަހު) – 80 ޓްރަކް
- އޮގަސްޓް 4 (ހޯމަ ދުވަހު) – 95 ޓްރަކް
- އޮގަސްޓް 5 (އަންގާރަ ދުވަހު) – 84 ޓްރަކް
- އޮގަސްޓް 6 (ބުދަ ދުވަހު) – 92 ޓްރަކް
- އޮގަސްޓް 7 (ބުރާސްފަތި ދުވަހު) – 87 ޓްރަކް
- އޮގަސްޓް 8 (ހުކުރު ދުވަހު) – 83 ޓްރަކް
- އޮގަސްޓް 9 (ހޮނިހިރު ދުވަހު) – 95 ޓްރަކް
- އޮގަސްޓް 10 (ހުކުރު ދުވަހު) – 124 ޓްރަކް
- އޮގަސްޓް 11 (ހޯމަ ދުވަހު) – 103 ޓްރަކް
- އޮގަސްޓް 12 (އަންގާރަ ދުވަހު) – 98 ޓްރަކް
- އޮގަސްޓް 13 (ބުދަ ދުވަހު) – 76 ޓްރަކް
- އޮގަސްޓް 14 (ބުރާސްފަތި ދުވަހު) – 60 ޓްރަކް
- އޮގަސްޓް 15 (ހުކުރު ދުވަހު) – 85 ޓްރަކް
- އޮގަސްޓް 16 (ހޮނިހިރު ދުވަހު) – 92 ޓްރަކް
- އޮގަސްޓް 17 (ހުކުރު ދުވަހު) – 89 ޓްރަކް
- އޮގަސްޓް 18 (ހޯމަ ދުވަހު) – 81 ޓްރަކް
- އޮގަސްޓް 19 (އަންގާރަ ދުވަހު) – 93 ޓްރަކް
- އޮގަސްޓް 20 (ބުދަ ދުވަހު) – 76 ޓްރަކް
- އޮގަސްޓް 21 (ބުރާސްފަތި ދުވަހު) – 102 ޓްރަކް
- އޮގަސްޓް 22 (ހުކުރު ދުވަހު) – 57 ޓްރަކް
- އޮގަސްޓް 23 (ހޮނިހިރު ދުވަހު) – 149 ޓްރަކް
- އޮގަސްޓް 24 (ހުކުރު ދުވަހު) – 110 ޓްރަކް
- އޮގަސްޓް 25 (ހޯމަ ދުވަހު) – 49 ޓްރަކް
މަހެއްހާ ދުވަހުގެ ތެރޭގައި ޣައްޒާއަށް 2،654 ޓްރަކް ވަދެފައިވާއިރު، އެއީ އެވްރެޖްކޮށް ދުވާލަކު އެންމެ 88 ޓްރަކް ނުވަތަ ބޭނުންވާ މިންވަރުގެ 15 އިންސައްތަ ކަމަށް ޣައްޒާގެ މީޑިއާ އޮފީހުން ބުނެއެވެ.
މިއާ ހިލާފަށް އެހީތަކަށް ވަނުން ބަލަހައްޓާ އިސްރާއީލުގެ ކޯގަޓް އިން ބުނާ ގޮތުގައި އެ ކުންފުނިން ދުވާލަކު 300 އާއި 400 އާއި ދެމެދުގެ އަދަދަކަށް ޓްރަކް ފޮނުވައެވެ. ނަމަވެސް، ފަލަސްތީނާއި އދ. ގެ އޮފިޝަލުން ގެ އިތުރުން އިސްރާއީލުގެ އަމިއްލަ ރަސްމީ ޑޭޓާތަކުން ވެސް މި އަދަދުތައް ދޮގު ކުރާ ކަމަށް ވެސް މީޑިއާ އޮފީހުން ވަނީ ބުނެފައެވެ.
ޔުނައިޓެޑް ނޭޝަންސް އެޖެންސީ ފޯ ފަލަސްތީނު ރެފިއުޖީން (ޔޫއެންއާރުޑަބްލިއުއޭ) އިން ބުނާ ގޮތުގައި ޣައްޒާގެ އަސާސީ އިންސާނީ ބޭނުންތައް ފުއްދުމަށް ދުވާލަކު 500 އާއި 600 އާއި ދެމެދުގެ އަދަދަކަށް ޓްރަކް އެންކްލޭވަށް ވަންނަން ޖެހެއެވެ. މި ފެންވަރުގެ އެހީ ނުލިބިއްޖެނަމަ، ބަނޑުހައިހޫނުކަން އިންތިހާއަށް ފެތުރެމުންދާނެ ކަމަށް އިންޒާރު ދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު