Advertisement

ޣައްޒާގައި އެހީ ހޯދަން ގޮސް އުޅުނު އިތުރު 21 މީހުން ޝަހީދުކޮށްލައިފި

ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގެ ތެރެއިން އެހީ ހޯދަން ގޮސް އުޅުނު އިތުރު 21 މީހުން ޝަހީދުކޮށްލައިފިއެވެ.

ޣައްޒާގައި ހުންނަ ނަސީރު ހޮސްޕިޓަލުން “އަލްޖަޒީރާ”އަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިއަދު ނިރުބަވެރި އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ހަމަލާތަކެއް ދީފައިވާއިރު، ޣައްޒާގެ ދެކުނުގައި އެހީ ހޯދަން ގޮސް އުޅުނު 21 މީހުން މިއަދު ހެނދުނުން ފެށިގެން ޝަހީދުކޮށްލާފައިވާ ކަމަށެވެ.

Advertisement

ޣައްޒާގެ ހެލްތް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ މޭއި މަހުގެ ފަހުކޮޅު ޣައްޒާގައި ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) ގާއިމުކުރި ފަހުން ޝަހީދުކޮށްލި މީހުންގެ އަދަދު ވަނީ 1،924 އަށް އަރާފައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު ވަނީ 14،288 އަށް އަރާފައެވެ.

މި ހަމަލާތަކުގެ އިތުރުން ވެސް ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ދިން ހަމަލާތަކުގައި މިއަދުގެ މިހާތަނަށް ޣައްޒާއިން 42 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ފަލަސްތީނުގެ 61،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ. އަދި މި މުއްދަތުގައި 155،000 އަށްވުރެ ގިނަ މީހުން ޒަހަމްކޮށްލާފައިވާ ކަމަށް ވެސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އިސްރާއީލުގެ ޖަލުތަކަށް ވަނުމުގެ ހުއްދަ ރެޑް ކްރޮސްއަށް ދޭން އަމުރުކޮށްފި

ޣައްޒާގެ ޖައްވުން ޢީދު: ފުން ހިތާމަޔާއި އެކުވެސް ފެންނަނީ ނުގުޑާ ފަދަ ސާބިތުކަން

ހޮސްޕިޓަލްތައް ބިމާހަމަކޮށްފި: ސައުތު ސޫދާން ބޭސްފަރުވާއަށް ސަލާންޖަހަނީ

ހަނގުރާމައިގެ ބިރުވެރިކަމާ އެކު، އީރާނުގެ ދައުލަތުގެ ޓީވީން ބަޑިޖަހާނެ ގޮތުގެ ތަމްރީނުތައް ދޭން ފަށައިފި