Advertisement

ކެޓްރީނާ މާބަނޑު ކަމަށް އަޑު ފެތުރިއްޖެ

ބޮލީވުޑްގެ ތަރި ކެޓްރީނާ ކައިފް މާބަނޑު ކަމަށް އަޑު ފެތުރިއްޖެ އެވެ.

މި އަޑު ބޮޑަށް ފެތުރުނީ ރެޑިޓް އެކައުންޓެއްގައި ކެޓްރީނާ ބަލިވެއިން ކަމަށް ބުނެ މިދިޔަ ހަފުތާގައި ކޮށްފައިވާ ޕޯސްޓެއް ވައިރަލްވި ފަހުންނެވެ.

Advertisement

ނަމަވެސް، މި ޚަބަރު ކެޓްރީނާ އާއި އޭނާގެ ފިރިމީހާ އަދި ބޮލީވުޑްގެ ތަރި ވިކީ ކައުޝަލް މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެ އެވެ. އާންމުކޮށް ބޮލީވުޑްގެ ތަރިން ބަލިވެއިނުމުން ސޯޝަލް މީޑިއާގައި އެކަން އިއުލާން ކުރެ އެވެ. ކެޓްރީނާ އާއި ވިކީ މިހާތަނަށް އެ ކަހަލަ އިއުލާނެއް ކޮށްފައެއް ނުވެއެވެ.

ކެޓްރީނާ މާބަނޑު ކަމަށް ބުނާއިރު އޭނާ ފިލްމީ މަސައްކަތްތަކާ ދުރުގައި އުޅޭތާ ވެސް މިހާރު ގިނަ ދުވަސްތަކެއް ވެއްޖެއެވެ.

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމަށް “ވިޒިޓް މޯލްޑިވްސް”ގެ ބްރޭންޑް އެމްބަސެޑަރަކަށް ހަމަޖައްސާފައިވާ ކެޓްރީނާ އިވެންޓަކުން ނުފެންނަތާ ވެސް މިހާރު ވަނީ ވަރަށް ގިނަ ދުވަސް ވެފައެވެ.

އެންމެފަހުން ކެޓްރީނާ ކުޅުނު ފިލްމެއް ނުކުތީ މިދިޔަ އަހަރު ޖެނުއަރީ މަހު އެވެ. އެއީ ދެކުނު އިންޑިއާގެ އެކްޓަރު ވިޖޭ ސެތުޕަތީއާއެކު ކުޅުނު ތުރިލާ ފިލްމު “މެރީ ކްރިސްމަސް” އިންނެވެ.

ކެޓްރީނާ މާބަނޑު ކަމަށް މީގެ އަހަރެއްހާ ދުވަސްކުރިން ވެސް އަޑު ފެތުރުނެވެ. އެކަމަކު، ވިކީ ވަނީ ފަހުން އެ ވާހަކަ ދޮގުކޮށްފައެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅުނުތާ ކުޑަ ދުވަސްކޮޅެއް ފަހުން ވިކީ އާއި ކެޓްރީނާ ކައިވެނި ކުރީ ޑިސެމްބަރު 9، 2021 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

“ވިޒިޓް ފޯކައިދޫ” އިފްތިތާޙުކުރުމުގެ ޝަރަފުވެރި މެހެމާނަކަށް އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ވިބޫތީ ޝަރުމާ ހަމަޖައްސައިފި

ލެޖެންޑަރީ ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ ނިޔާވެއްޖެ

މަޝްހޫރު ފިލްމު ޑައިރެކްޓަރު ނިމާލް ނިޔާވެއްޖެ

“ގޮވިއްޖެ ނަދުރުން” މަޝްހޫރުވި ނުފޫޒުގަދަ ފިލްމީ ބައްޕަ ނައީމް ނިޔާވެއްޖެ