Advertisement

ޣައްޒާގައި ނޫސްވެރިން ތިބި ޓެންޓަކަށް ހަމަލާދީ އަލްޖަޒީރާގެ ފަސް ނޫސްވެރިން ޝަހީދުކޮށްލައިފި

ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގައި ނޫސްވެރިން ތިބި ޓެންޓަކަށް ހަމަލާދީ، އަލްޖަޒީރާ ނޫހުންގެ ފަސް ނޫސްވެރިން ޝަހީދުކޮށްލައިފިއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ރޭގެ ވަގުތެއްގައި އިސްރާއީލުން އެ ހަމަލާދީފައިވަނީ ނިރުބަވެރިން ހިސޯރުކުރުމަށް ނިންމާފައިވާ ޣައްޒާ ސިޓީގެ އަލް-ޝިފާ ހޮސްޕިޓަލުގެ މައިދޮރާއި ދިމާލުން ބޭރުގައި ޖަހާފައިވާ ޓެންޓަށް އަމާޒުކޮށްގެންނެވެ.

Advertisement

މި ހަމަލާގައި ޖުމްލަ 7 މީހުން ޝަހީދުކޮށްލާފައިވާއިރު، މީގެ ތެރޭގައި އަލްޖަޒީރާގެ 5 ނޫސްވެރިން ހިމެނެއެވެ. އެއީ މަޝްހޫރު ނޫސްވެރިޔާ އަނަސް އަލް-ޝާރިފް، މުހައްމަދު ގުރައިޣާ، ކެމެރާމަނުން ކަމަށްވާ އިބްރާހިމް ޒާހިރު، މުހައްމަދު ނައުފަލްގެ އިތުރުން މުއުމިން އަލީވާއެވެ.

ޝަހީދުވުމުގެ ކުރިން އުމުރުން 28 އަހަރުގެ އަނަސް ވަނީ ނިރުބަވެރިން ޣައްޒާ ސިޓީގެ އުތުރާއި އިރުމަތީގެ ސަރަހައްދުތަކަށް ވަރުގަދަ ހަަމަލާތަކެއް ދޭން ފަށާފައިވާ ކަމަށް “އެކްސް”ގައި ހާމަކޮށްފައެވެ. އޭނާ ބުނި ގޮތުގައި އިސްރާއީލުގެ އެ ހަމަލާއަކީ “ފަޔާ ބެލްޓްސް” އެވެ.

އަނަސް އަކީ ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގެ ފަހުގެ މައުލޫމާތު، އޭނާގެ އަމިއްލަ “އެކްސް” އެކައުންޓާއި އަލްޖަޒީރާ އަރަބިކްގައި ހިއްސާކުރަމުން ދިޔަ ނޫސްވެރިއެކެވެ.

އިސްރާއީލުން މި ހަމަލާދިން ކަމަށް އެއްބަސްވެފައިވާއިރު، އިސްރާއީލުން ބުނެފައިވަނީ އެ ހަމަލާއަކީ އެއީ އަނަސްއަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ. އަދި އޭނާ އަކީ ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުން އަންނަ ހަމާސް ޖަމާއަތާއި ގުޅިގެން މަސައްކަތް ކުރާ ނިރުބަވެރިއެއް ކަމަށް ވެސް އިސްރާއީލުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އިސްރާއީލުގެ ޖަލުތަކަށް ވަނުމުގެ ހުއްދަ ރެޑް ކްރޮސްއަށް ދޭން އަމުރުކޮށްފި

ޣައްޒާގެ ޖައްވުން ޢީދު: ފުން ހިތާމަޔާއި އެކުވެސް ފެންނަނީ ނުގުޑާ ފަދަ ސާބިތުކަން

ހޮސްޕިޓަލްތައް ބިމާހަމަކޮށްފި: ސައުތު ސޫދާން ބޭސްފަރުވާއަށް ސަލާންޖަހަނީ

ހަނގުރާމައިގެ ބިރުވެރިކަމާ އެކު، އީރާނުގެ ދައުލަތުގެ ޓީވީން ބަޑިޖަހާނެ ގޮތުގެ ތަމްރީނުތައް ދޭން ފަށައިފި