Advertisement

ޣައްޒާގައި ޒަހަމްވި 2،000 މީހުންނަަށް އިންޑޮނޭޝިއާއިން ފަރުވާ ދޭން ނިންމައިފި

އިންޑޮނޭޝިޔާގެ މީހުން ނޫޅޭ އެއް ޖަޒީރާގައި ހުންނަ މެޑިކަލް ފެސިލިޓީއެއްގައި ޣައްޒާއިން ޒަޚަމްވި ފަލަސްތީނުގެ 2،000 މީހުންނަށް ފަރުވާ ދިނުމަށް ރާވާފައިވާކަން އިއުލާންކޮށްފިއެވެ.

މި ފެސިލިޓީ ހުންނާނީ އިންޑޮނޭޝިއާގެ ސުމަޓްރާ އާއި ސިންގަޕޫރުގެ ދެކުނުގައި އޮންނަ ގަލަންގް އައިލެންޑްގައި ކަމަށް ރިޔާސީ ތަރުޖަމާނު ހަސަން ނަސްބީ ވިދާޅުވިއެވެ.

Advertisement

ޣައްޒާގެ ރައްޔިތުންނަށް އެހީ ދޭނެ މުއްދަތާއި ވަގުތު އެ ސަރުކާރުން އަންގާފައެއް ނުވެއެވެ.

ނަމަވެސް، ޒަޙަމްވެފައިވާ މީހުނަށް ފަރުވާދީ، ރަނގަޅުވުމަށްފަހު އަނބުރާ ޣައްޒާއަށް ގެންދާނެ ކަމަށް ވިދާޅުވެ، އެ ކަމަކީ ދާއިމީ ގޮތެއްގައި ކުރެވިގެންދާނެ ކަމެއް ނޫން ކަން ތަރުޖަމާން ފާހަގަ ކުރެއްވިއެވެ.

މި ޕްލޭން އެކުލަވާލާފައިވަނީ ޒަޚަމްވެފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ހިޔާވަހިކަން ދިނުމަށް އެ ގައުމުގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ ހުށަހެޅުމުން، ފަލަސްތީނުގެ ރައްޔިތުން ދާއިމީ ގޮތެއްގައި ޣައްޒާއިން ބޭރަށް ގެންދިއުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅި ހުށަހެޅުމާ މާ ގާތް ކަމަށް ހީވާތީ އިންޑޮނޭޝިއާގެ އިސް ދީނީ އިލްމުވެރިންގެ ފާޑުކިޔުންތައް އަމާޒުވިތާ މަސްތަކެއް ފަހުންނެވެ.

ޓްރަމްޕްގެ ހުށަހެޅުމާ ގުޅިގެން މެދުއިރުމަތީގެ މައްސަލަ ހައްލުކުރުމަށް ދެ ދައުލަތުގެ ހައްލަކަށް ތާއީދުކުރާ އިންޑޮނޭޝިއާގެ ފޮރިން މިނިސްޓްރީން އޭރު ބުނެފައި ވަނީ “ފަލަސްތީނުގެ މީހުން ގަދަކަމުން ގެދޮރުން ނެރެލުމަށް ކުރާ ހުރިހާ މަސައްކަތަކަށް ވަރަށް ބޮޑަށް ދެކޮޅު ހަދާ” ކަމަށެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާ އަށް ދެމުންގެންދާ އަނިޔާވެރި ހަމަލާގައި ޒަޙަމްވެ، ޝަހީދުވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. އިއްޔެ ޣައްޒާގައި ފަލަސްތީނުގެ 44 މީހަކު ޝަހީދުކޮށްލާފައި ވެއެވެ. އޭގެ ތެރޭގައި އެހީ ހޯދުމުގައި އުޅުނު 18 މީހަކު ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އިސްރާއީލުގެ ޖަލުތަކަށް ވަނުމުގެ ހުއްދަ ރެޑް ކްރޮސްއަށް ދޭން އަމުރުކޮށްފި

ޣައްޒާގެ ޖައްވުން ޢީދު: ފުން ހިތާމަޔާއި އެކުވެސް ފެންނަނީ ނުގުޑާ ފަދަ ސާބިތުކަން

ހޮސްޕިޓަލްތައް ބިމާހަމަކޮށްފި: ސައުތު ސޫދާން ބޭސްފަރުވާއަށް ސަލާންޖަހަނީ

ހަނގުރާމައިގެ ބިރުވެރިކަމާ އެކު، އީރާނުގެ ދައުލަތުގެ ޓީވީން ބަޑިޖަހާނެ ގޮތުގެ ތަމްރީނުތައް ދޭން ފަށައިފި