Advertisement

ޣައްޒާގައި 5 އަހަރުން ދަށުގެ ހުރިހާ ކުދިން ބަނޑަށް މަރުވުމުގެ ބިރު ބޮޑުވެއްޖެ!

ޣައްޒާގައި ފަސް އަހަރުން ދަށުގެ ހުރިހާ ކުޑަކުދިން ކާނާ ނުލިބި ބަނޑަށް މަރުވުމުގެ ބިރު އިތުރަށް ބޮޑުވެފައިވާ ކަމަށް އދ. އިން ބުނެފިއެވެ.

ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޣައްޒާއަށް ކާނާ ވެއްދުމަށް އިޒްރޭލުން ހުރަސްއެޅުމުގެ ސަބަބުން ޣައްޒާގެ ކުޑަކުދިންނަށް ކާނާ ނުލިބި ޕެރަލައިޒްވުމުގެ ގިނަ މައްސަލަތަކެއް ދަނީ ރެކޯޑް ކުރެވެމުންނެވެ. އޭގެ އިތުރުން ޣައްޒާގައި ދިރިއުޅެމުން އަންނަ ފަސް އަހަރުގެ ކުޑަކުދިން މަލްނިއުޓްރިޝަންގެ ސަބަބުން މަރުވަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.

Advertisement

އެގޮތުން މިދިޔަ ހޯމަ ދުވަހު އެކަނިވެސް ޣައްޒާގައި ބަނޑަށް ޖެހިގެން ހަތަރު ކުއްޖަކު މަރުވެފައިވާއިރު، އެ ހާލުގައި މަރުވި ކުޑަކުދިންގެ އަދަދު ވަނީ 94 އަށް އަރައިފަ އެވެ. އަދި ބަނޑަށް ޖެހިގެން 87 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އދ. ގެ ”ވޯލްޑް ފުޑް ޕްރޮގްރާމް“ އިން ހާމަކުރާ ގޮތުގައި ޣައްޒާގައި ދިރިއުޅޭ 320،000 އަށް ވުރެ ގިނަ ކުދިން ސިއްހަތަށް ފައިދާ ހުރި ރަނގަޅު ކާނާ ނުލިބި ވަނީ ހާލުގައި ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ހ ހެޔޮއެދޭ ފަރާތެއް
ހައްދަވާ ބޮޑު ކުރެއްވި މަތިވެރިވަންތަ ރަސްކަލާކޮ ގާޒާގެ ރައްޔިތުންނައް ރަނގަޅު ކާނާއިށް ރިޒްގު ދެއްވާންދޭވެ އިބަސުވާމީންގެއީ ރިޒްގު ދެއްވާ އެންމެ އޯގާވަންތަ ރަސްކަރަސް ކަލާންގެ އެވެ އަމީން. ހައްދަވާ ބޮޑު ކުރެއްވި މަތިވެރިވަންތަ ރަސްކަލާކޮ ގާޒާގެ ރައްޔިތުންގެ ހައި ހޫނުކަން ފިލުއްވާ ދެއްވައި ގާޒާގެ ރައްޔިތުންނައް އަމާން ކަމާއި ރައްކާތެރިކަން ދެއްވާން ދޭވެ އާމީން ޔާރައްބަލްޢާލަމީން އާމީން .

ލިޔުމާއި ގުޅޭ

އިސްރާއީލުގެ ޖަލުތަކަށް ވަނުމުގެ ހުއްދަ ރެޑް ކްރޮސްއަށް ދޭން އަމުރުކޮށްފި

ޣައްޒާގެ ޖައްވުން ޢީދު: ފުން ހިތާމަޔާއި އެކުވެސް ފެންނަނީ ނުގުޑާ ފަދަ ސާބިތުކަން

ހޮސްޕިޓަލްތައް ބިމާހަމަކޮށްފި: ސައުތު ސޫދާން ބޭސްފަރުވާއަށް ސަލާންޖަހަނީ

ހަނގުރާމައިގެ ބިރުވެރިކަމާ އެކު، އީރާނުގެ ދައުލަތުގެ ޓީވީން ބަޑިޖަހާނެ ގޮތުގެ ތަމްރީނުތައް ދޭން ފަށައިފި