Advertisement

ޣައްޒާ މުސްލިމުންގެ ޙައްޤުގައި ހާހަކަށްވުރެ ގިނަ ޔަހޫދީ ޢިލްމުވެރިން ތެދުވެއްޖެ

ޔަހޫދީ ދީނުގެ 1،000 އަށްވުރެ ގިނަ ޢިލްމުވެރިން، އިސްރާއީލުގެ ޒައިއޮނިސްޓުން އެމެރިކާ އާއި ހުޅަނގުގެ އެހީތެރިކަން ހޯދައިގެން ޣައްޒާައްޒާގައި ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް އަޑުއުފުލައި، މުސްލިމުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ގޮވާލާ ހުުޅުވާލެވިފައިވާ ސިޓީއެއްގައި ސޮއިކުރައްވާފައިވެއެވެ.

 

Advertisement

 

މި ސިޓީގައި ޔަހޫދީ ޢިލްމުވެރިން ފާހަގަކުރައްވާފައިވާ ގޮތުގައި، ޣައްޒާގައި ހިންގަމުންދާ ޢަމަލުތަކަކީ ޔަހޫދީ ދީނުގެ އަސާސްތަކާ ފުށުއަރާ، ޙަރާމް ކަންތައްތަކެކެވެ. އަދި މިފަދަ ޢަމަލުތަކުގެ ސަބަބުން ޔަހޫދީންގެ މެދުގައި ހަމަޖެހުން ގެއްލި، ނޭދެވޭ ނަތީޖާތަކަކާ ކުރިމަތިލާންޖެހިދާނެ ކަމަށް އެ ބޭފުޅުން ވިދާޅުވެފައިވެއެވެ.

ސިޓީގައި ސޮއިކުރެއްވި ޢިލްމުވެރިން އިތުރަށް ފާހަގަކުރައްވާފައިވަނީ، ޙަމަލާތަކުން ދިފާޢުވުމުގެ ޙައްޤު ޔަހޫދީންނަށް ލިބިގެންވާ ކަމަށާއި، އެ ބައިމީހުންގެ ޙައްޤުތައް ހޯދުމުގެ އިޚްތިޔާރު އޮތް ކަމަށެވެ. ނަމަވެސް، ޣައްޒާގެ އަންހެނުންނާއި ކުޑަކުދިންނަށް އެއްވެސް ކުށެއް ނެތި އަނިޔާކޮށް، މެރުމާއި، ކާބޯތަކެތި މަނާކުރުން ފަދަ ކަންކަން ހަނގުރާމައިގެ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުމަށް ހަރުކަށި އިބާރާތުން މަނާކުރައްވާފައިވެއެވެ.

އިތުރަށް، ޔަހޫދީ ޢިލްމުވެރިން ގޮވާލައްވާފައިވަނީ ޣައްޒާއަށް ކާބޯތަކެއްޗާއި، ބޯފެނާއި، ބޭސްފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިސްރާއީލުގެ ސަރުކާރުން އަޅާފައިވާ ހުރަސްތައް ލަސްނުކޮށް ނައްތާލުމަށެވެ. މީގެ އިތުރުން، މިހާރު އެހީތެރިކަން ފޯރުކޮށްދެމުންދާ ގޮތް ބަދަލުކޮށް، ބައިނަލްއަޤްވާމީ ފަރާތްތަކުގެ ބެލުމުގެ ދަށުން ފުޅާ ދާއިރާއެއްގައި ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ހިފަހައްޓާފައިވާ މީހުން ދޫކޮށްލުން އަވަސްކުރުމަށާއި، އިންސާފުވެރި އަދި ސުލްޙަވެރި ޙައްލަކާ ދިމާއަށް ހުޅުވާލެވިފައިވާ މަޝްވަރާތަކެާތަކެއް ފެށުމަށް ވެސް އެ ބޭފުޅުން އިލްތިމާސްކުރައްވާފައިވެއެވެ.

މީގެ އިތުރުން، ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ވެސް ކުށްވެރށްވެރިކޮށް، ޤާނޫނީ ގޮތުން ޖަވާބުދާރީވުމަށް ވެސް އެ ސިޓީގައި ގޮވާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ޢ ޢަބްދުއްސައްތާރު.
ކޮމެންޓެއް ކުރާ ވަރަށްވުރެ ސީރިއަސް މައްސަލައެއް ކަމަށް ފެނޭ. އިދިކޮޅު އެއްޗެއް ބުނަންތިބިމީހުންނަށްވެސް އެ މައްސަލައިގައި މުސްލިމުންނަށް އެހީވުމަށް އެ ގޮވައިލަނީ. ވީއިރު ދެންވެސް ހައްދުން ނެއްޓިގެންދަނީ އެ އުޅޭ ޔާހޫ ވެއްޖެނޫންތޯ ހައްޔަރުކުރަން.

ލިޔުމާއި ގުޅޭ

އިސްރާއީލުގެ ޖަލުތަކަށް ވަނުމުގެ ހުއްދަ ރެޑް ކްރޮސްއަށް ދޭން އަމުރުކޮށްފި

ޣައްޒާގެ ޖައްވުން ޢީދު: ފުން ހިތާމަޔާއި އެކުވެސް ފެންނަނީ ނުގުޑާ ފަދަ ސާބިތުކަން

ހޮސްޕިޓަލްތައް ބިމާހަމަކޮށްފި: ސައުތު ސޫދާން ބޭސްފަރުވާއަށް ސަލާންޖަހަނީ

ހަނގުރާމައިގެ ބިރުވެރިކަމާ އެކު، އީރާނުގެ ދައުލަތުގެ ޓީވީން ބަޑިޖަހާނެ ގޮތުގެ ތަމްރީނުތައް ދޭން ފަށައިފި