Advertisement

ހުޅަނގު އައްސޭރީގެ މަގުތައް ބަންދުކޮށް އިތުރު ޔަހޫދީން ވަޒަންވެރިކުރުވަން ފަށައިފި

ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައިވާ ހިބްރޫންގެ މަގުތަކާއި ފިހާރަތައް އިސްރާއީލުން ބަންދުކޮށް، އެތަނަށް އިސްރާއީލުގެ ރައްޔިތުން ވަޒަންވެރިކުރުވަން ޚާއްޞަ އޮޕްރޭޝަނެއް ކުރިޔަށް އެބަ ގެންދާ ކަމަށް މަސްދަރުތަކުން ބުނެފިއެވެ.

މި ވަގުތު އެ ސިޓީގެ މަގުތަކާއި ފިހާރަތައް ވަނީ ބަންދުކޮށްފަ އެވެ. އަދި ޗެކްޕޮއިންޓްތަކާއި ކާފިއުތައް ވަނީ އިތުރު ކޮށްފައެވެ.

Advertisement

ހިބްރޫން އޮންނަނީ ހިފާފައިވާ ހުޅަނގު އައްސޭރީގައި ކަމަށްވާ ފަލަސްތީނުގެ އޮތޯރިޓީގެ ރައީސް މަހްމޫދު އައްބާސް ދިރިއުޅުއްވާ ސަރަހައްދުގަ އެވެ. ހުޅަނގު އައްސޭރި ހިންގަނީ ބައިބައި ވެފައިވާ ނިޒާމެއްގެ ދަށުންނެވެ. އެގޮތުން އޭރިއާ-އޭ (ރާމަاللهގެ ބޮޑު ބައެއް އަދި ހެބްރޫންގެ ބައެއް ހިސާބުތައް ހިމެނޭ ގޮތަށް) ހިންގަނީ ފަލަސްތީނުގެ ކޮންޓްރޯލްގެ ދަށުން ކަމަށް ވާއިރު، އޭރިއާ-ބީ ހިންގަނީ އިސްރާއީލާއި ފަލަސްޠީން އޮތޯރިޓީ ނުވަތަ މަހްމޫދު ޢައްބާސްގެ ބާރުތަކާއި ގުޅިގެންނެވެ. އަދި އޭރިއާ-ސީ ދީފައި އޮންނަނީ ސީދާ އިސްރާއީލަށެވެ.

ހިބްރޫންގައި 200,000 އަށް ވުރެ ގިނަ މުސްލިމުން އުޅެއެވެ. ނަމަވެސް، އެތަނުގެ ކޮންޓްރޯލް އޮތީ އިސްރާއީލުގެ އަތުގައެވެ. ގަދަކަމުން އެ ތަނަށް 700 އެއްހާ އިސްރާއީލުގެ މީހުން މިހާރު ވަނީ ވަޒަންވެރި ކުރުވާފައެވެ.

ޚަބަރު ލިބޭ ގޮތުގައި އޭރިއާ-ސީ ގެ އެކި ހިސާބުތަކުގައި މިހާރު ވެސް ލައްކައެއްހާ އިސްރާއީލު ވަޒަންވެރިން ދިރިއުޅޭއިރު، މިއީ ބައިނަލްއަޤްވާމީ ޤާނޫނުވެސް ތަންދޭ ކަމެއް ނޫނެވެ.

ފަލަސްޠީނުގައި އިސްރާއީލުން ރުހޭ ގޮތަށް ޙަމާސް އާއި ނުލައި އިންތިޚާބެއް ބޭއްވުމަށް ފަލަސްޠީނުގެ ރައީސްގެ މަޤާމުގައި ހުންނެވި މަހްމޫދު ޢައްބާސް މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އޭނާ ދިރިއުޅުއްވާ ހުޅަނގު އައްސޭރީގެ އޭރިއާ-ސީ އާއި ހިބްރޫންގެ މުހިންމު ހިސާބުތަކުގެ ފުރިހަމަ ކޮންޓްރޯލް އޮތީ އިސްރާއީލުގެ ޒައެނިސްޓުންގެ އަތުގައިކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ސްޕޭސްއެކްސްގެ އައިޕީއޯއާއެކު އީލޮން މަސްކް ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް ވެއްޖެ

އިސްރާއީލުގެ ޖަލުތަކަށް ވަނުމުގެ ހުއްދަ ރެޑް ކްރޮސްއަށް ދޭން އަމުރުކޮށްފި

ޣައްޒާގެ ޖައްވުން ޢީދު: ފުން ހިތާމަޔާއި އެކުވެސް ފެންނަނީ ނުގުޑާ ފަދަ ސާބިތުކަން

ހޮސްޕިޓަލްތައް ބިމާހަމަކޮށްފި: ސައުތު ސޫދާން ބޭސްފަރުވާއަށް ސަލާންޖަހަނީ