ހޮނިހިރު ދުވަހުގެ ރޭ ދަންވަރު، ނިއު ޖާޒީގެ އުތުރުގައި 3.0 މެގްނިޓިއުޑްގެ ބިންހެލުމެއް ކުރިމަތިވެފައިވާކަން ފާހަގަކުރެވިފައިވެއެވެ. މީގެ އިތުރުން، ނިއުޔޯކް ސިޓީގެ ބައެއް ސަރަހައްދުތަކަށްވެސް މި ބިންހެލުމުގެ އަސަރު ކޮށްފައިވާކަން ރަސްމީ ފަރާތްތަކުން ކަށަވަރުކޮށްދީފައިވެއެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ހާމަކޮށްފައިވާ ގޮތުގައި، މި ބިންހެލުން ފެށުނީ ދިވެހިރާއްޖޭގެ ގަޑިން ރޭގަނޑު 10:18 ހާއިރުއެވެ. ބިންހެލުމުގެ މަރުކަޒު އޮތީ ނިއު ޖާޒީގެ ހާސްބްރޫކް ހައިޓްސްއިން ގާތްގަނޑަކަށް 6 މޭލު ދުރުގައެވެ. މި ބިންހެލުން ކުޑަކަމުގައި ވިޔަސް، އޭގެ ބާރުގަދަކަމުގެ ސަބަބުން މެންހަޓަން އަދި ބްރޮންކްސްގެ ބައެއް ސަރަހައްދުތަކާއި އެ ނޫންވެސް ކައިރި ސަރަހައްދުތަކުގައި ލޮޅުން އިހުސާސްކުރެވިފައިވެއެވެ.
ނިއުޔޯކް ސިޓީ އިމަޖެންސީ މެނޭޖްމަންޓް (އެންވައިސީއީއެމް) އިން ވަނީ މި ހާދިސާ ހިނގި ކުޑައިރުކޮޅެއްގެ ތެރޭގައި ބަޔާނެއް ނެރެ، މި ހާދިސާ “މޮނިޓަރކޮށް ތަހުގީގު” ކުރަމުންދާކަން އަންގާފައެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެމެރިކާގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 52 ބިންހެލުން ރެކޯޑްކުރެވިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު