ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އެމެރިކާގެ ފިލްމެއްކަމަށްވާ އެވަޓާގެ 3 ވަނަ ބައިގެ ޓްރެއިލާ ލީކްވެއްޖެއެވެ.
ޖޭމްސް ކެމެރޮންގެ ސައި-ފިކް ޑްރާމާއެއްކަމަށް ވާ އެވަޓާގެ 3 ވަނަ ބައި ނެރުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގައެވެ. މި ފިލްމުގެ ޓްރެއިލާ ވަނީ ރަސްމީކޮށް ނެރުމުގެ ކުރިން ލީކްވެފައެވެ. މިކަމުގެ ސަބަބުން ގިނަ ސަޕޯޓަރުން ވަނީ މި ފިލްމަށް ކުރަމުން އަންނަ އިންތިޒާރު އިތުރަށް ބޮޑުވެފައިވާކަމަށް ބުނެފައެވެ.
މި ޓްރެއިލާއިން ކުރީގެ މި ފިލްމުގެ ސީކުއެލްތަކުން ފެނިގެން ދިޔަ ދަންނަ މޫނުތަކެއް ފެނިގެން ގޮސްފައިވެއެވެ. އެވެޓާ 3 ގައި ދައްކުވައި ދޭނީ ނެތެޔަމްގެ މަރަށް ފަހު ޖޭކް އަދި ނޭތުރީ ފެޑޯރާ އެހެން ބަޔަކާ ހަނގުރާމަ ކުރާތަނެވެ. މި ބައި މީހުންނަކީ އަލިފާން ބޭނުންކޮށްގެން ހަނގުރާމަކުރާ ބައެކެވެ.
މި ފިލްމުގެ ބަތަލާކަމަށްވާ ވާރަންގްގެ ބައި ކުޅެނީ ސްޕެނިޝް-ސްވިޝް އެކްޓަރެއް ކަމަށްވާ އޯނާ ޗާޕްލިން ކަން ވަނީ މި ޓްރެއިލާއިން ހާމަވެފައެވެ. ސަޕޯޓަރުން ވަނީ މި ޓްރެއިލާ ބެލުމަށް ފަހު އެތަށް ތައުރީފެއް ކޮށްފައެވެ. އަދި ‘އެވަޓާ 3’ އެވަޓާ 2 ވަނަ ބަޔަށް ވުރެން ކަމުދާ ކަމަށް ވެސް ސަޕޯޓަރުން ވަނީ ބުނެފައެވެ.
‘އެވަޓާ: ފަޔާ އެންޑް އޭޝް’ ނެރޭނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު