ރަޝިޔާ އާއި ދެކޮޅަށް ނިއުކުލިއަރ 2 ސަބްމެރީން ނެރެން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަމުރުކުރައްވައިފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމަނިކުފާނުގެ ޓްރޫތު ސޯޝަލްގައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރަޝިއާގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑޭވް މިހާރު ރަޝިޔާގެ ސަލާމަތީ މަޖިލީހުގެ ޑެޕިއުޓީ ޗެއާމަންގެ މަގާމުގައި ހުންނެވި ޑިމިޓްރީ މެޑްވެޑޭވް ދެއްކެވި ވާހަކަތަކަށް ރިއާޔަތްކޮށް، ރަޝިއާ ސަރަހައްދުގައި ނިއުކްލިއަރ 2 ސަބްމެރިން ޑިޕްލޯއި ކުރުމަށް އަންގަވާފައިވާ ކަމަށެވެ.
ފާއިތުވި ދުވަސްތަކުގައި ޓްރަމްޕް ގެންދަވަނީ ރަޝިއާގެ ސަލާމަތީ މަޖިލީހުގެ ޑެޕިއުޓީ ޗެއާމަންގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް ދިމިޓްރީ މެޑްވެޑޭވްއާ ފުރައްސާރަ ކުރައްވަމުންނެވެ.
އެގޮތުން މީގެ ކުޑައިރުކޮޅެއް ކުރިން ޓްރަމްޕާއި މެޑްވެޑޭވްއާ ދެމެދު ސޯޝަލް މީޑިއާގައިބަހުގެ ހޫނު ހަމަލާތަކެއް ވަނީ ބަދަލުކޮށްފައެވެ. ޓްރަމްޕް ވަނީ މެޑްވެޑޭވްއަށް “އޭނާގެ ބަސްތައް ބެއްލެވުމަށް” އިންޒާރު ދެއްވާފައި އެވެ، އަދި މެޑްވެޑޭވް ވަނީ ސޯވިއެޓް ޒަމާނުން ފެށިގެން ރަޝިއާގެ ނިއުކްލިއާ ގާބިލްކަން ޓްރަމްޕް އަށް ހަނދާންކޮށްދެއްވައި، މެޑްވެޑޭވް ވަނީ ޓްރަމްޕް “އަލްޓިމެޓަމްސް ގޭމެއް” ކުޅުއްވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
ޔޫކްރެއިންގައި ސުލްހަ ގާއިމުކުރުމަށް ޓްރަމްޕް އަމިއްލަފުޅަށް ހުށަހެޅުއްވި ޝަރުތުތަކުގެ 10 ދުވަހުގެ ސުންގަޑިއަށް ރަަޝިޔާއިން އެއްވެސް ޝައުގުވެރިކަމެއް ދީފައެއް ނުވެއެވެ. ރަޝިޔާއިން 2022 ވަނަ އަހަރު ޔޫކްރެއިންއަށް އަރައިގަތް ފަހުން ރަޝިޔާގެ ކުރީގެ ރައީސް މެޑްވެޑޭވް ވެފައިވަނީ ހުޅަނގާ ކޮޅަށް އެންމެ ބޮޑަށް އަޑުއުފުލާ ބޭފުޅާގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު