އދގެ ކަލްޗަރަލް އެޖެންސީ، ޔުނެސްކޯގެ މެންބަރުކަމުން އެމެރިކާ ވަކިވެއްޖެއެވެ.
އެމެރިކާ ސަރުކާރުން މިކަން އާންމު ކުރީ އިއްޔެއެވެ.
ޓްރަމްްޕްގެ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ކަންކަން ގެންދިއުމަށް މަސައްކަތް ކުރަމުން ދާ އިރު ޔުނެސްކޯއިން އެމެރިކާ ވަކިވެފައި މިވަނީ އެމެރިކާއިން އެ އެޖެންސީއަށް ކުރާ ހަރަދު ކަނޑާލުމަށް ކަމަށް އޮފިޝަލުން ބުނެއެވެ.
ޓްރަމްޕްގެ ފުރަތަމަ ދައުރުގެ ކުރީކޮޅުވެސް ވަނީ ޔުނެސްކޯގެ މެންބަރުކަމުން އެމެރިކާ ވަކިވެފައެވެ. ނަމަވެސް އެ ސަރުކާރު ބަދަލުވެ ބައިޑަންގެ ސަރުކާރުން ވަނީ އަލުން ޔުނެސްކޯއާ ގުޅުމަށް ނިންމައި އެކަން ފުރިހަމަކޮށްފައެވެ.
އޮފިޝަލުން ބުނެފައިވާ ގޮތުގައި، އެމެރިކާގެ މި ނިންމުން 2026 ވަނަ އަހަރުގެ ޑިސެމްބަރާ ހަމައަށް ދެމިއޮންނާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު