Advertisement

އިންޑިއާގައި ހޮނު އަޅައިގެން 33 މީހަކު މަރުވެއްޖެ

އިންޑިއާގައި މޫސުން ގޯސްވެ، ވެހުނު ވާރެ އާއެކީ އައި ގުގުރުމާ ވިދުމާއެކު، ކުރިމަތިވި ހޮނު އެޅުމުގެ ހާދިސާގައި 33 މީހަކު މަރުވެއްޖެއެވެ.

އިންޑިއާގެ އިރުމަތީ ސަރަހައްދައް ކުރަމުންދާ މި ވިއްސާރައިގަ ކުރިމަތިވި ހޮނު އެޅުމުގެ ހާދިސާގައި 33 މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވާކަމަށް މިއަދު އިންޑިއާގެ ކަމާ ބެހޭ އިދާރާތަކުން ހާމަކޮށްފައިވެއެވެ، ހޮނު އެޅުމުގެ ހާދިސާތައް ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހާއި ބުރާފަސްތި ދުވަހު ބިހާރު ސްޓޭޓްގައިކަމަށް ރިޕޯޓުތައް ބުނެއެވެ.

Advertisement

ބިހާރު ސްޓޭޓް ގެ އިސްވެރިންވަނީ މަރުވި މީހުންގެ އާއިލާތަކަށް 4 މިލިއަން ރުޕީސް (ގާތްގަނޑަކަށް 4،600 ޑޮލަރު)ގެ ބަދަލު ދޭނެ ކަމަށް އިއުލާންކޮށްފަ އެވެ. ރިޕޯޓުތައް ބުނާގޮތުން މޫސުން ގޯސްވުމުގެ ހާދިސާތަކުގައި އެންމެ ހާލުގައި ޖެހިފައިވަނީ ތޫފާނުގެ ތެރޭގައި ތާށިވެފައި ތިބި ދަނޑުވެރިންނާއި، ލޭބަރުންނެވެ.

އިންޑިއާގެ މޫސުން ލަފާ ކުރާ އިދާރާތަކުން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް މޫސުން ގޯސްވެ ވާރޭ ވެހޭނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

އިންޑިއާގެ އިރުމަތީ ސަރަހައްދަކީ މޫސުން ގޯސްވެ ހޮނު އެޅުމުގެ ހާދިސާތައް ގިނައިން ތަހައްމަލު ކުރާ ސަރަހައްދެކެވެ. އެގޮތުން މޫސުން ގޯސްވެ ކުރިމަތިވި އެކި ހާދިސާ ތަކުގައި 2024 ވަނަ އަހަރު 243 މީހުން މަރުވެފައިވާއިރު 2023 ވަނަ އަހަރު 275 މީހުން މަރުވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އިސްރާއީލުގެ ޖަލުތަކަށް ވަނުމުގެ ހުއްދަ ރެޑް ކްރޮސްއަށް ދޭން އަމުރުކޮށްފި

ޣައްޒާގެ ޖައްވުން ޢީދު: ފުން ހިތާމަޔާއި އެކުވެސް ފެންނަނީ ނުގުޑާ ފަދަ ސާބިތުކަން

ހޮސްޕިޓަލްތައް ބިމާހަމަކޮށްފި: ސައުތު ސޫދާން ބޭސްފަރުވާއަށް ސަލާންޖަހަނީ

ހަނގުރާމައިގެ ބިރުވެރިކަމާ އެކު، އީރާނުގެ ދައުލަތުގެ ޓީވީން ބަޑިޖަހާނެ ގޮތުގެ ތަމްރީނުތައް ދޭން ފަށައިފި