އިނގިރޭސިވިލާތުން ގައުމީ ވޯޓުލުމުގެ އުމުރު 16 އަހަރަށް ދަށް ކުރަން ހުށަހަޅައިފިއެވެ.
މި އިސްލާހުތައް ޕާލަމެންޓުން ފާސްކޮށްފިނަމަ، ގައުމީ ވޯޓުތައް ސްކޮޓްލޭންޑް، ވޭލްސް އަދި ޗެނަލް އައިލެންޑްސްގައި ބާއްވާ އިންތިޚާބާ އެއްގޮތްވާނެ އެވެ.
“ޒުވާނުންނަށް ހިއްސާއެއް އޮތުމާއި އަޅުގަނޑުމެންގެ ޑިމޮކްރަސީގެ މުސްތަގުބަލުގައި ވާހަކަ ދެއްކުން ހައްގު ޒުވާނުންނަށް މިހާރަށް ވުރެ ބޮޑަށް ދޭން ޖެހޭ،” ލޯކަލް ގަވަރމަންޓްގެ ޕާލަމެންޓްރީ އަންޑަ ސެކްރެޓަރީ ރޫޝަނާރާ އަލީ އިއްޔެ ހައުސް އޮފް ކޮމަންސްގައި ވިދާޅުވިއެވެ.
ވޯޓުލުމުގެ ގައުމީ އުމުރު 16 އަހަރަށް ދަށްކުރި ފުރަތަމަ ގައުމަކީ އޮސްޓްރޭލިއާއެވެ. އެ ގައުމުން މި ފިޔަވަޅަށް އަމަލު ކުރަން ފެށީ 2008 ވަނަ އަހަރެވެ. އޭގެ ދިހަ އަހަރު ފަހުން މޯލްޓާއިން ވަނީ އެ ބަދަލު ތައާރަފްކޮށްފައެވެ. ދެކުނު އެމެރިކާގައި ބްރެޒިލް، ނިކަރާގޫއާ، އިކުއެޑޯ އަދި އާޖެންޓީނާ ފަދަ ގައުމުތަކުގައި ވެސް އުމުރުން 16 އަހަރުން ފެށިގެން ވޯޓުލުމުގެ ހުއްދަ އޮންނަނީ ދީފައެވެ.
ނަމަވެސް ދުނިޔޭގެ ގިނަ ގައުމުތަކުގައި ވޯޓުލުމުގެ މައިގަނޑު އުމުރަކީ 18 އަހަރެވެ. އޭޝިއާގައި އިންޑޮނޭޝިއާ އާއި އީސްޓް ޓިމޯރ ފަދަ ގައުމުތަކުގައި އުމުރުން 17 އަހަރު ފުރުމުން ވޯޓު ލުމުގެ ހައްގު އޮވެއެވެ. ސިންގަޕޫރާއި ލުބުނާން އަދި އޮމާނުންގެ ރައްޔިތުންނަށް ވޯޓު ލުމުގެ ހައްގު ލިބެނީ އުމުރުން 21 އަހަރު ފުރުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު