Advertisement

މިއަހަރުގެ މިހާތަނަށް 20 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިއްޖެ

މިއަހަރުގެ މިހާތަނަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 20.11 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރަމުން އަންނަ “ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް” ގައިވާ ގޮތުން ކުރީ އަހަރާ އަޅައި ބަލާއިރު މިއަހަރުގެ މިހާތަނަށް ލިބިފައިވާ އާމްދަނީއާއި ހިލޭ އެހީގެ އަދަދު ވަނީ 8.8 ޕަސަންޓް އިތުރުވެފައެވެ.

Advertisement

ފިނޭންސް މިނިސްޓްރީން ބުނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިބަނީ 18.47 ބިލިއަން ރުފިޔާ ކަމަށެވެ.

މިއަހަރުގެ އެޕްރީލް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 20.11 ބިލިއަން ރުފިޔާކަމަށް ފިނޭންސުން ބުންޏެވެ.

ފިނޭންސުން ބުނީ މި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީގެ 76 ޕަސަންޓަކީ އެކިއެކި ޓެކްސްތަކުން ލިބުނު ފައިސާ ކަމަށެވެ. ޖީއެސްޓީގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ، ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ، އިމްޕޯޓް ޑިއުޓީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ އަދި ގްރީން ޓެކްސްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބުނުކަމަށް ފިނޭންސުން ބުންޏެވެ.

ޓެކްސްގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 940 މިލިއަން ރުފިޔާ ލިބުނުކަމަށް ފިނޭންސުން ބުންޏެވެ. އަދި ޕްރޮޕަޓީ އިންކަމްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ވަނީ ލިބުނުކަމަށް ފިނޭންސުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ދައުލަތުގެ އާމްދަނީ 12 އިންސައްތަ އިތުރުވެއްޖެ

މޯލްޑިވްސް ޕްރީމިއާ ބޭންކަށް ބޭންކިންގ ލައިސަންސް އެމްއެމްއޭ އިން ދީފި

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގުތިސާދީ ކުރިއެރުން މަޑުޖެހޭނެ ކަމަށް އޭޑީބީން ލަފާކޮށްފި

އެސްއެމްއީ ވިޔަފާރިތަކަށް އާ ލޯން ސްކީމެއް ތައާރަފުކޮށްފި