Advertisement

ދިއްލީގެ ތިން ސްކޫލަކަށް ބޮމުގެ އިންޒާރު ދީފި

އިންޑިއާގެ ވެރިރަށް، ދިއްލީގެ ތިން ސްކޫލަކަށް ބޮމުގެ އިންޒާރު ދީފިއެެވެ.

ދިއްލީގެ ތިން ސްކޫލަކަށް ބޮމުގެ އިންޒާރު ދީފައިވަނީ އިއްޔެ ހެނދުނު ކަމަށާއި އިމަޖެންސީ ސާވިސް އިން އެކަމުގައި ހަރަކާތްތެރިވެފައި ވާކަމަށް ދިއްލީ ފުލުހުން ބުނެއެވެ.

Advertisement

ފުލުހުންގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި، އިއްޔެ ހެނދުނު 08:00 ހާއިރު ބޮމުގެ އިންޒާރުގެ ކޯލުތަކާއި އީމެެއިލްތައް ދިއްލީގެ ސީއެފްއާރް ސްކޫލްތަކަށް ލިބިފައިވެއެވެ. ސީއެފް އާރް ސްކޫލްތަކަކީ އިންޑިއާގެ ފުލުހުން ހިންގާ ސްކޫލުތަކެކެވެ. ބޮމުގެ އިންޒާރު ލިބިފައިވަނީ ދިއްލީގެ ޕްރަސަންތް ވިހާރް އާއި ދިވާކާ ސެކްޓާ 16 ގެ އިތުރުން ޗަނާކްޔަޕޫރީ ސަރަހައްދުތަކުގައި ހުރި ސްކޫލްތަކަށް ކަމަށް އޮފިޝަލުން ބުނެއެވެ.

ބޮމުގެ އިންޒާރު ލިބުމާއެކު އެ ސްކޫލުތައް ހިމެނޭ ސަރަހައްދުތައް ބަންދުކޮށް ކަމާބެހޭ ފަރާތްތަކުން އެ ސަރަހައްދުތަކުގައި ހަރަކާތެރިވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

ދިއްލީގެ ފުލުހުންގެ އޮފިޝަލުން ވަނީ ބޮމުގެ އިންޒާރު ލިބުނު ސްކޫލުތަކާއި އެ ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުން ބޮމެއް ނުވަތަ އެފަދަ އެއްޗަކާ ގުޅޭ އެއްވެސް އެހެން އެއްޗެއްވެސް ފެނިފައި ނުވާކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ސްޕޭސްއެކްސްގެ އައިޕީއޯއާއެކު އީލޮން މަސްކް ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް ވެއްޖެ

އިސްރާއީލުގެ ޖަލުތަކަށް ވަނުމުގެ ހުއްދަ ރެޑް ކްރޮސްއަށް ދޭން އަމުރުކޮށްފި

ޣައްޒާގެ ޖައްވުން ޢީދު: ފުން ހިތާމަޔާއި އެކުވެސް ފެންނަނީ ނުގުޑާ ފަދަ ސާބިތުކަން

ހޮސްޕިޓަލްތައް ބިމާހަމަކޮށްފި: ސައުތު ސޫދާން ބޭސްފަރުވާއަށް ސަލާންޖަހަނީ