Advertisement

ޣައްޒާގައި އެހީ ހޯދަން ނުކުތް 805 މީހުން ޝަހީދުކޮށްލައިފި

މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާގައި އެހީ ހޯދަން ގޮސް ތިއްބާ ޝަހީދުކުރި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 805 އަށް އަރައިފިއެވެ.

ޣައްޒާގެ މީޑިއާ އޮފީހުން މިއަދު ބުނިގޮތުގައި އެމެރިކާ އާއި އިސްރާއީލުން ޣައްޒާއަށް އެހީ ބެހުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) ގެ މަރުކަޒުތައް ކައިރީގައި ބަނޑުހައިހޫނުކަމުގައި ތިބި ފަލަސްތީނުގެ ރައްޔިތުން “މަރަމުން”ދާ ކަމަށެވެ.

Advertisement

ޖީއެޗްއެފްތައް ކައިރީގައި މިހާތަނަށް އައިއިރު، ގިނަ އަދަދެއްގެ ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށްލާފައިވެއެވެ. ޖީއެޗްއެފްއަކީ ޣައްޒާއަށް އެހީ ވެއްދުން އިސްރާއީލުން އެތައް ދުވަހެއް ވަންދެން ހުއްޓުވާފައި އޮތުމަށް ފަހު އެ މަސައްކަތް އަލުން ފަށައިގެން އުޅޭ ޖަމިއްޔާއެކެވެ.

އެކަމަކު، އެ ޖަމާއަތުން އަދި އިސްރާއީލުން ވެސް ޣައްޒާގެ ރައްޔިތުން އެންމެ ބޭނުންވާ ވަރަށް އެހީ ނުވައްދައެވެ.

އެހީގެ މަރުކަޒުތައް ކައިރީގައި ފަލަސްތީނުގެ 805 ރައްޔިތުން ޝަހީދުކޮށްލިއިރު، މީގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް އައިއިރު، 5،252 މީހުން ވަނީ ޒަހަމްކޮށްލައިފައެވެ.

ޖީއެޗްއެފް އޮޕަރޭޓް ކުރަން ފެށި ފަހުން މިހާތަނަށް އައިއިރު 42 މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށްވެއެވެ.

ޣައްޒާގައި އދ. ގެ އެހީ ފޯރުކޮށްދިނުން ވަރަށް ބޮޑަށް ހުއްޓުވާފައި އޮންނަތާ ދުވަސްތަކެއް ވެއްޖެއެވެ. އަދ ިޖީއެޗްއެފްގެ އޮޕަރޭޝަންތައް ހިންގާ ހިސާބުތަކުގައި ކޮންމެ ދުވަހަކުހެން އާންމުންނަށް ހަމަލާދޭ ކަމުގެ ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލުން އޮކްޓޯބަރު 7، 2023 އިން ފެށިގެން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް އައިއިރު، 57،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އިސްރާއީލުގެ ޖަލުތަކަށް ވަނުމުގެ ހުއްދަ ރެޑް ކްރޮސްއަށް ދޭން އަމުރުކޮށްފި

ޣައްޒާގެ ޖައްވުން ޢީދު: ފުން ހިތާމަޔާއި އެކުވެސް ފެންނަނީ ނުގުޑާ ފަދަ ސާބިތުކަން

ހޮސްޕިޓަލްތައް ބިމާހަމަކޮށްފި: ސައުތު ސޫދާން ބޭސްފަރުވާއަށް ސަލާންޖަހަނީ

ހަނގުރާމައިގެ ބިރުވެރިކަމާ އެކު، އީރާނުގެ ދައުލަތުގެ ޓީވީން ބަޑިޖަހާނެ ގޮތުގެ ތަމްރީނުތައް ދޭން ފަށައިފި