Advertisement

ރޭޕްގެ ތުހުމަތުގައި މޮރޮކޯގެ ކެޕްޓަން ހަކީމީގެ މައްޗަށް ޝަރީއަތް ހިންގަން ނިންމައިފި

ފްރާންސްގެ ޕީއެސްޖީއަށް އަށް ކުޅެމުންދާ މޮރޮކޯ ގައުމީ ޓީމުގެ ކެޕްޓަން އަޝްރަފް ހަކީމީގެ މައްޗަށް ކުރެވޭ ރޭޕްގެ ތުހުމަތުގައި، އޭނާގެ މައްޗަށް ޝަރީއަތް ހިންގުމަށް ފްރާންސްގެ ޕްރޮސެކިއުޓަރުން ނިންމައިފިއެވެ.

ނަންޓެރޭގެ ޕްރޮސެކިއުޓަރުން މިކަން ކަށަވަރުކޮށްދީފައިވާއިރު، ހަކީމީ ދަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ތަކުރާރުކޮށް އިންކާރު ކުރަމުންނެވެ.

Advertisement

މިއީ 2023 ވަނަ އަހަރު، އުމުރުން 24 އަހަރުގެ އަންހެނަކު ފްރާންސްގެ ވެރިރަށް ޕެރިހުގައި ހުންނަ ހަކީމީގެ ގޭގައި އޭނާ ރޭޕްކުރި ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގެ ތަހުގީގެއް 2023 ވަނަ އަހަރުގެ މާރިޗު މަހު ފެށިއިރު، މައްސަލަ ބައްލަވާ ފަނޑިޔާރު ވަނީ 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޝަރީއަތް ފެށުމަށް އަމުރުކޮށްފައެވެ. ފްރާންސްގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، މި މައްސަލަ ބާތިލުކުރުމަށް ހަކީމީ ހުށަހެޅި އިސްތިއުނާފު ވެސް ވަނީ ނާކާމިޔާބުވެފައެވެ.

ހަކީމީ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން މީސް މީޑިއާގައި ހަކީމީ ބުނެފައިވަނީ، އޭނާ އަކީ މަޝްހޫރު މީހަކަށް ނުވިނަމަ މިފަދަ މައްސަލައެއް ދުވަހަކުވެސް ކުރިމަތިނުވާނެ ކަމަށެވެ.

“އަހަރެން މިހުރީ މި ޝަރީއަތުގެ އިންތިޒާރުގައި. އެންމެ ފަހުން އަހަންނަށް ހަގީގަތް ހާމަކޮށް ވާހަކަދެއްކުމުގެ ފުރުސަތު ލިބޭނެ،” ހަކީމީ ލިޔެފައިވެއެވެ.

ދައުވާކުރާ ފަރާތުގެ ވަކީލު ބުނި ގޮތުގައި، ތިން އަހަރަށްވުރެ ގިނަ ދުވަސްވީ ގާނޫނީ މަރުހަލާތަކަށްފަހު ޝަރީއަތް ކުރިއަށް ގެންދަން ނިންމުމަކީ ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. އަދި މީގެ ސަބަބުން ޖިންސީ އަނިޔާގެ މައްސަލަތަކުގައި ބައެއް ފަރާތްތަކުން އަދަބުން ސަލާމަތްވުމަށް ކުރާ މަސައްކަތްތަކަށް ހުރަހަކަށް ވާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

ޝަރީއަތް ފަށާނެ ސީދާ ތާރީޚެއް އަދި ކަނޑައަޅާފައި ނުވާއިރު، ހަކީމީއަކީ މޮރޮކޯގެ ގައުމީ ޓީމަށް 97 މެޗު ކުޅެދީ، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް އެ ގައުމު ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ނޭމާއަށް ތިންވަނަ ދަރިއަކު ލިބެން އުޅޭކަން ހާމަކޮށްފި

މިރޭގެ މެޗުން ނޭމާ ނުފެންނާނެ!

ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން ވޯލްޑްކަޕް ބަލައިލެވޭނެ!

ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަކީރާ ލަވަކިޔަނީ