Advertisement

އިޒްރޭލުގެ މޮސާޑުން އީރާނުގެ އެތެރޭގައި ހިންގަމުން އައި ޑްރޯން އުފައްދާ ތަނެއް ފެނިއްޖެ

އިޒްރޭލުގެ ނެޝަނަލް އިންޓެލިޖަންސް އޭޖެންސީ މޮސާޑުން އީރާނުގެ އެތެރޭގައި ހިންގަމުން އައި، ތަންތަން ގޮއްވާލަން ބޭނުންކުރާ ޑްރޯން އުފައްދާ ތަނެއް ފެނިއްޖެ ކަމަށް އީރާނުގެ އިންޓެލިޖަންސް އިދާރާއިން ޚަބަރުދީފިއެވެ.

 

Advertisement

ވެރިރަށް ތެހެރާންގައި ސިއްރުން ހިންގަމުން އައި ޑްރޯން އުފައްދާ ފެސިލިޓީ ފުލުހުން ރެއިޑްކުރިއިރު ހައިޓެކް ޑްރޯން އުފެއްދުމަށް ބޭނުންކުރާ ގިނަ އަދެއްގެ ބައިތައް ފެނި އަތުލާފައިވެއެވެ. މީގެ އިތުރުން އެތަން ހިންގުމުމަށް އެހީތެރިވެދިންކަމަށް ތުހުމަތު ކުރެވޭ އެތައްބަޔަކުވެސް ވަނީ ހައްޔަރު ކޮށްފައެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން އީރާނާ ދެކޮޅަށް ޖޫންމަހު ހިންގި މިލިޓަރީ އޮޕަރޭޝަން ހިންގުމަށް ތައްޔާރު ވުމަށް މީގެ އެތައް އަހަރެއް ކުރިން އިޒްރޭލުގެ އަސްކަރިއްޔާ އާއި އިންޓެލިޖަންސް އޭޖެންސީތައް ގުޅިގެން ދުރާލާ މަސައްކަތް ކުރަމުން އައިސްފައިވާ ކަން މިހާރު ވަނީ ހާމަވެފައެވެ.

އިޒްރޭލުގެ ދުވަހު ނޫސް ”އިޒްރާއިލް ހައްޔޫމް“ އާއި ހަވާލާދީ ލިބޭ ޚަބަރުތައް ބުނާގޮތުން އިޒްރޭލުން އެތައްއަހަރެއް ވަންދެން އީރާނުގެ މުހިންމު ފަރާތްތަކާއި އަދި ސެކިއުރިޓީ އިންތިޒާމްތަކުގެ އިތުރުން ނިއުކްލިއަރ ޕްރޮގްރާމް އާބެހޭ މައުލޫމާތު އައީ ސިއްރުން އެއްކުރަމުންނެވެ. މިއާއި އެކުއެކީ އިޒްރޭލުން ގެންދިޔައީ އީރާނުގެ މިސައިލް ޓެކްނޮލޮޖީ އަދި އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަމަށްބުނެ މިސައިލްގެ މަސައްކަތަށް އޮތް އިތުބާރު ބަލިކޮށްލުމުގެ ކެމްޕެއިނެއްވެސް ސިއްރުން ހިންގަމުންނެވެ.
މިސައިލް، ޓެކްނޮލޮޖީގެ ގޮތުން އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތުގައި އިސްކޮން އުޅެފައިވަނީ މޮސާޑުންނެވެ. އައިޑީއެފް ގެ ޔުނިޓްތަކާއި އިޒްރޭލުގެ ޑިފެންސް ފަރމްތަކުގެ މަދަދާއެކު އީރާނުގެ އެތެރޭގައި މިސައިލް އިންފްރާސްޓްރަކްޗާ އަދި އެއާ ޑިފެންސް ސިސްޓަމް ހަލާކު ކޮށްލުމަށް އިރާނުގެ އެތެރޭންވެސް އެތައް ހަމަލާތަކެއް ދީފައި ވެއެވެ. މިއިންކޮންމެ ހަމަލާއެއްގެ ފަހަތުގައިވެސް އިޒްރޭލުގެ ތަފްސީލީ ރިސާޗް މަސައްކަތްތަކާއި ،އެޑްވާންސް ޓެކްނޮލޮޖީ،އެލީޓް ކޮމާންޑޯ ޔުނިޓްތަކުގެ މަސައްކަތް ޝާމިލްވެއެވެ.

ހަމަލާތައް ރާވާ ހިންގުމުގެ ފުރަތަމަ ފިޔަވަހީގައި މޮސާޑްގެ ކޮމާންޑޯ ޓީމްތަކުން، އީރާންގެ ބިމުން ޖައްވަށް މިސައިލް ފޮނުވާ ސައިޓް ތަކާކައިރީގައި ”ޕްރެސިޝަން ގައިޑަޑް ވެޕަން ސިސްޓަމް“ ތައް ބަހައްޓާފައިވާ ކަމަށްވެއެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން މަތިން ހަމަލާދޭން ފެށުމާއެކުއެކީ މިސިސްޓަމްތައް ހިންގަންފަށާ، ބޭނުންވާތަންތަނަށް ސީދާ އަމާޒަށް ހަމަލާތައް ދީފައިވެއެވެ.
އީރާނުގެ އެއާ ޑިފެންސް ސިސްޓަމް ހަލާކުކޮށްލުމަށް އަމާޒުކުރި، ހަމަލާތަކުގެ ދެވަނަ ބުރުގައި މޮސާޑުންވަނީ ކުރިޔާލާ މޮބައިލް ޕްލެޓްފޯމް ތަކެއްގައި ހަރުކޮށްފައިވާ ”އެޑްވާންސްޑް އެޓެކް ސިސްޓަމް“ ތަކެއްވެސް ބޭނުންކޮށް އީރާނުގެ ދިފާއީ ނިޒާމް ހަލާކޮށްލާ، މަތިން ހަމަލާދިނުމަށް ޖެޓްތަކަށް މަގުކޮށާ ދީފައި ވެއެވެ.

ހަމަލާތަކުގެ ތިންވަނަ ފޭސްގައި ގޮއްވުމަށްބޭނުންކުރާ ޑްރޯން ހަދާ ފެސިލިޓީ ތައް އިތުރަށް ވަރުގަދަކޮށް މުހިންމު ތަންތަނުގައި ޑްރޯން ގޮއްވުމުގެ ހަމަލާތަކެއް ދީފައި ވެއެވެ.
އީރާނުގެ އެތެރޭގެ އިންޓެލިޖަންސް މައުލޫމާތު އިޒްރޭލަށް ފޯރުކޮށްދީ އެހީތެރިވެދިންކަމުގެ ކުށް ސާބިތުވެ އިރާނުގެ ހަމީހަކަށް ވަނީ މަރުގެ އަދަބުވެސް ދީފައެވެ.އަދި އެތައް ސަތޭކަބަޔަކުވަނީ ކުރިންވެސް ހައްޔަރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ސްޕޭސްއެކްސްގެ އައިޕީއޯއާއެކު އީލޮން މަސްކް ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް ވެއްޖެ

އިސްރާއީލުގެ ޖަލުތަކަށް ވަނުމުގެ ހުއްދަ ރެޑް ކްރޮސްއަށް ދޭން އަމުރުކޮށްފި

ޣައްޒާގެ ޖައްވުން ޢީދު: ފުން ހިތާމަޔާއި އެކުވެސް ފެންނަނީ ނުގުޑާ ފަދަ ސާބިތުކަން

ހޮސްޕިޓަލްތައް ބިމާހަމަކޮށްފި: ސައުތު ސޫދާން ބޭސްފަރުވާއަށް ސަލާންޖަހަނީ