Advertisement

ފިލްމީ ތަރި ވިޖޭ، ޓަމިލްނާޑޫގެ ޗީފް މިނިސްޓަރުކަމުގެ ހުވާ ކުރައްވައިފި

ތަމިލަގަ ވެއްޓްރި ކަޒަގަމް (ޓީވީކޭ) ޕާޓީގެ ބާނީ އަދި މަޝްހޫރު ފިލްމީ ތަރި ސީ. ޖޯސެފް ވިޖޭ، އިންޑިއާގެ ޓެމިލް ނާޑުގެ އާ ޗީފް މިނިސްޓަރުގެ މަގާމާ މިއަދު ހަވާލުވެވަޑައިގެންފިއެވެ. މިއަދު ހެނދުނު 10:00 ގައި ޗެންނާއީގެ ޖަވާހަރްލާލް ނެހުރޫ އިންޑޯ ސްޓޭޑިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައި، އޭނާއަށް މަގާމުގެ ހުވައިލައިދެއްވީ ސްޓޭޓްގެ ގަވަރުނަރު ރާޖެންދުރަ ވިޝްވަނާތު އާރްލޭކަރެވެ.

މި ރަސްމިއްޔާތުގައި އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީގެ އިތުރުން ފިލްމީ ދާއިރާގެ ގިނަ ފަރާތްތަކަކުން ބައިވެރިވިއެވެ.

Advertisement

234 ގޮނޑީގެ މައްޗަށް އެކުލެވޭ ޓެމިލް ނާޑު އެސެމްބްލީގެ 108 ގޮނޑ ޓީވީކޭއިން ކާމިޔާބުކޮށްފައިވާއިރު، ކޮންގްރެސް އާއި އެހެނިހެން ކުދި ޕާޓީތަކުގެ ތާއީދާއެކު 120 މެމްބަރުންގެ އަގުލަބިއްޔަތު ވިޖޭ ވަނީ ހޯއްދަވައިފައެވެ.

މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ދެއްވި ފުރަތަމަ ހިތޯބުގައި ވިޖޭ ވަނީ، ސެކިއުލަރިޒަމް އާއި އިޖުތިމާއީ އަދާލަތަށް އިސްކަންދެއްވާނެކަން ފާހަގަކުރައްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި، މިއަދުން ފެށިގެން ޓެމިލް ނާޑޫ ދެކޭނީ ހަގީގީ ސެކިއުލަރ އަދި އިޖުތިމާއީ އަދާލަތުގެ އާ ޒަމާނެކެވެ. މީގެ އިތުރުން، އެ ސްޓޭޓްގެ މާލީ ހާލަތު އޮތް ގޮތް ހާމަކުރުމަށްޓަކައި ވައިޓް ޕޭޕަރެއް ނެރުއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ވިޖޭގެ މި ކާމިޔާބީއަކީ ފާއިތުވި 60 އަހަރު ދުވަހުގެ ތެރޭގައި ޑީއެމްކޭ އާއި އޭއައިއޭޑީއެމްކޭއިން ޓެމިލްނާޑުގައި ކުރަމުން އައި ވެރިކަމުގެ ސިލްސިލާއަށް އައި ވަރަށް ބޮޑު ބަދަލެކެވެ. އަދި މިއީ ސްޓޭޓްގެ މުސްތަގުބަލަށް އާ އުންމީދުތަކެއް ގެނެސްދޭނެ ކަމެއް ކަމަށްވެސް އެ ފަރާތްތަކުން ފާހަގަކުރެއެވެ. ގަވަރުނަރު ވަނީ މި މަހުގެ 13 ވަނަ ދުވަހުގެ ކުރިން އެސެމްބްލީގައި އިތުބާރު އޮތްތޯ ބެލުމަށް ވޯޓަކަށް އެހުމަށް ވިޖޭއަށް އަންގަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އިސްރާއީލުގެ ޖަލުތަކަށް ވަނުމުގެ ހުއްދަ ރެޑް ކްރޮސްއަށް ދޭން އަމުރުކޮށްފި

ޣައްޒާގެ ޖައްވުން ޢީދު: ފުން ހިތާމަޔާއި އެކުވެސް ފެންނަނީ ނުގުޑާ ފަދަ ސާބިތުކަން

ހޮސްޕިޓަލްތައް ބިމާހަމަކޮށްފި: ސައުތު ސޫދާން ބޭސްފަރުވާއަށް ސަލާންޖަހަނީ

ހަނގުރާމައިގެ ބިރުވެރިކަމާ އެކު، އީރާނުގެ ދައުލަތުގެ ޓީވީން ބަޑިޖަހާނެ ގޮތުގެ ތަމްރީނުތައް ދޭން ފަށައިފި