Advertisement

ވަރަށް ގިނަ ބޭފުޅުންނަށް ނޭނގި ކުރެވޭ ވަރަށް ގޯސްކަމެއް…

ރަނގަޅަށް އުޅެން މަސައްކަތް ކުރާ ފިރިހެން ބޭފުޅުންނާއި އަދި ރީއްޗަށް ބުރުގާ އަޅައިގެން ނުވަތަ މޫނު އަޅައިގެން އުޅޭ ބައެއް އަންހެން ބޭފުޅުން ވެސް މިގޮތަށް ކަންތައް ކުރާތީ ފެނެއެވެ.

އެއީ އަންހެނުންގެ ޢައުރަ ފާޅުވާން ހުންނަ ފޮޓޯތަކާއި ވީޑިއޯތައް ޝެއަރ ކުރުމެވެ. އަދި މިއުޒިކު ހުންނަ ކްލިޕްތައް ވެސް ޝެއަރ ކުރުމެވެ. ބައެއްފަހަރު އޭގައި ލިޔެފައިވާ ރީތި މެސެޖެއްގެ ސަބަބުން ބަލައިނުލާ ޝެއަރ ކޮށްލެވެނީއެވެ. ނޫނީ މަޖާ ވާހަކައެއް ނުވަތަ މަޖާ ވީޑިއޯ އެއް ވީމާ އެހެން މީހުންނަށް ހިއްސާ ކޮށްލާ ހިއްވަނީއެވެ.

Advertisement

އެކަމަކު ޙަޤީޤަތުގައި މި ކުރެވޭ ކަމަކީ ނުސީދަކޮށް ފާފަ ފެތުރުމެވެ. އެ ޢައުރަ ނިވާ ނުކޮށް ހުންނަ އަންހެން ކުއްޖާއަށް، ފިރިހެނަކު ބަލާ ކޮންމެ ފަހަރަކު އެ ޝެއަރ ކުރި މީހާއަށް ވެސް އޭގެ ފާފަ ލިބޭނެއެވެ. އެ މިއުޒިކް ވީޑިއޯ ޕްލޭ ކޮށްލާ ކޮންމެ ފަހަރަކު އޭތި ޝެއަރ ކުރި މީހާއަށް އޭގެ ފާފަ ލިބޭނެއެވެ. އެއީ އޭނާ އެކަމުގެ ސަބަބަށްވީތީއެވެ.

ދެން ބުނެފާނެއެވެ. “އެއީ މުސްލިމުންނެއް ނޫނެވެ. ނުވަތަ ބުރުގާ އަޅާ ކުއްޖެއްނޫނެވެ”

ބުނަމެވެ. ފުރަތަމަ އެމީހުން ޢައުރަ ނުފޮރުވުމަކީ ފާފައެކެވެ. އަދި އެމީހުންގެ ޢައުރަ ނުފޮރުވުމަކީ އެމީހުންގެ ޢައުރަ އަޅުގަނޑުމެން އެހެން މީހުނަށް ދެއްކުން ހުއްދަވާނެ ކަމެއް ނޫނެވެ. އެކުއްޖާ އަކީ ބުރުގާ ނާޅާ ކުއްޖަކަށް ވީމާ އެކުއްޖާގެ ފޮޓޯ އަޅުގަނޑުމެން ޖެހުން ހުއްދައެއް ނުވާނެއެވެ. އެއީ ސެލްފީ އަކަށް ވެސް ވިޔަސް ނުވަތަ ގުރޫޕް ފޮޓޯއަކަށް ވިޔަސް މެއެވެ.

އަޅުގަނޑުމެންގެ ތެރޭގައި މިކަން ޢާއްމުވެފައިވާ މިންވަރުން މި ވާހަކަ ޤަބޫލު ކުރަން ފަހަރެއްގައި އުނދަގޫ ވެދާނެއެވެ. އެހެންނަމަވެސް މީސްތަކުންގެ ޢަމަލަކީ ޙުއްޖަތެއް ނޫނެވެ. މީހުން ކޮންމެ ގޮތަކަށް ޢަމަލު ކުރިޔަސް ދީނުގައި އޮންނަ ގޮތެއް ބަދަލެއް ނުވާނެއެވެ. 

ހެޔޮ މީހަކީ ޙައްޤު ގޮތް އެނގުމުން އެގޮތަށް ތަބާވާ މީހާއެވެ.

ކުރިން މިގޮތަށް ކަންތައް ކުރެވިފައިނަމަ އެކަމަށް ތައުބާވެ ފާފަ ފުއްސެވުމަށް އެދި ދަންނަވާށެވެ. އަދި ކުރިން ޝެއަރ ކުރެވިފައި ހުރި އެއްޗެހިތައް ޑިލީޓުކޮށްލާ ދެން އެފަދަ ކަމެއް ނުކުރުމަށް ޢަޒުމް ކަނޑައަޅާށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ޢީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ އުޞޫލުތަކުގައި ހިފަހައްޓަންވާނެ: ޚުޠުބާ

ޢައުރަ ކަޝްފުކޮށްގެން ވެކްސްކުރުމާއި ލޭޒާ ޓްރީޓްމެންޓު ހެދުން ހުއްދައެއް ނޫން: ޚުތުބާ

ރޯދަމަސް އުފާވެރިވަނީ ދެދުނިޔޭގެ ނިޢުމަތް ލިބޭތީ : ރައީސް މައުމޫން

ތަޢުލީމުގެ އަސާސީ ބިންގާތަކަށް ލޮޅުން ނާރާނޭހެން ކަންކަން ތަރުތީބުކުރުމަކީ ޒިންމާއެއް: ޚުތުބާ