Advertisement

ލަންކާގައި ރައްޔިތުން ފެނަށް ޖެހިދާނެތީ ސަމާލުވާން އެދިއްޖެ

ލަންކާގެ އާންމުން ބޯފެން ބޭނުން ކުރުމުގައި ސަމާލުވުމަށް އެދިއްޖެއެވެ.

ސްރީލަންކާގެ ދަ ނެޝަނަލް ވޯޓާ ސަޕްލައި އެންޑް ޑްރެއިނޭޖް ބޯޑު (އެންޑަބްލިއުއެސްޑީބީ) އިން އާންމުކުރި ބަޔާނެއްގައި ވާ ގޮތުން އެ ގައުމުގެ އަންމުން ބޯފެން ބޭނުން ކުރުމުގައި ސަމާލުވުމަށް އެދިފައި ވަނީ ގިނަ ސަރަހައްދު ތަކަކަށް ވާރޭ ވެހުން މަދުވެ ހޫނު ވުމުގެ ސަބަބުން ފެން ލިބުމަށް ދަތިވެދާނެ ކަމަށް ބެލެވޭތީ އެވެ.

Advertisement

އެންޑަބްލިއުއެސްޑީބީ އިން ވަނީ ހޫނު ވުމުގެ ސަބަބުން އާންމުން ފެން ބޭނުން ކުރާ ނިސްބަތް ބޮޑުތަނުން އިތުރުވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ފެނުގެ ސަޕްލައި ދަށްވަމުންދާ ކަމަށް ފާހަގަކޮށްފައެވެ.

އޮފިޝަލުން ވަނީ ފެން މަދުވެ ފެނަށް ޖެހިއްޖެ ނަމަ ފެން ލިބުން ކޮންޓްރޯލް ވެގެން ދާނެ ކަމަށާއި ޒަރޫރީ ބޭނުން ތަކަށް އެކަނި ފެން ލިބޭ ހިސާބަށް ހިނގައިދާނެ ކަމަށެވެ.

އެންޑަބްލިއުއެސްޑީބީ އިން ވަނީ ވެހިކަލް ދޮވުމާއި ބަގީޗާ ތަކަށް ފެންދިނުން މަދުކުރުމަށް ވެސް އެދިފައެވެ.

އާންމުންގެ އެއްބާރުލުން ނުލިބިއްޖެ ނަމަ އުސް ސަރަހައްދުތަކަށް ފެން ލިބުން ދަތިވެ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވެސް އެންޑަބްލިއުއެސްޑީބީ އިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ސްޕޭސްއެކްސްގެ އައިޕީއޯއާއެކު އީލޮން މަސްކް ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް ވެއްޖެ

އިސްރާއީލުގެ ޖަލުތަކަށް ވަނުމުގެ ހުއްދަ ރެޑް ކްރޮސްއަށް ދޭން އަމުރުކޮށްފި

ޣައްޒާގެ ޖައްވުން ޢީދު: ފުން ހިތާމަޔާއި އެކުވެސް ފެންނަނީ ނުގުޑާ ފަދަ ސާބިތުކަން

ހޮސްޕިޓަލްތައް ބިމާހަމަކޮށްފި: ސައުތު ސޫދާން ބޭސްފަރުވާއަށް ސަލާންޖަހަނީ