Advertisement
ޒަރިޔަންދު، ޕީއެންއެފަށް ސޮއިކުރައްވައި ފޯމު ރައީސް ޔާމީނާ ހަވާލުކުރައްވަނީ-- ފޮޓޯ: ޕީއެންއެފް

ޒަރިޔަންދު ޕީއެންއެފަށް ސޮއިކުރައްވައިފި

މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވި އިސްމާއިލް ޒަރިޔަންދު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފަށް ސޮއިކުރައްވައިފިއެވެ.

ޒަރިޔަންދު، ޕީއެންއެފަށް ސޮއިކުރައްވާފައިވަނީ، އެ އޮފީހުގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. ޒަރިޔަންދު، ޕީއެންއެފަށް ސޮއިކުރެއްވި ފޯމު ހަވާލުކޮށްދެއްވީ، އެ ޕާޓީގެ ރައީސް ޔާމީނާއެވެ.

Advertisement

ކުރީގެ މަޝްހޫރު ފުޓުބޯޅަ ކީޕަރު ޒަރިޔަންދު ލޯކަލް ކައުންސިލު އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަން ފުރަތަމަ އިއުލާންކުރެއްވީ ޕީއެންއެފްގެ ޓިކެޓްގައެވެ. ނަމަވެސް ފަހުން ޒަރިޔަންދު ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ. އެއީ ރައީސް ޔާމީންގެ ތާއީދާއެކުއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް ޒަރިޔަންދަށް ލިބިވަޑައިގަތީ 6،302 ވޯޓެވެ. ކުރިއަށް އޮތް ފަސް އަހަރަށް މާލޭގެ މޭޔަރުކަމަށް ހޮވިވަޑައިގެންނެވީ އެމްޑީޕީގެ އާދަމް އާޒިމަށް ލިބިވަޑައިގަތީ 13،906 ވޯޓެވެ. ޕީއެންސީގެ ކެންޑިޑޭޓު މޫސާ އަލީ ޖަލީލަށް ލިބިވަޑައިގަތީ 9،380 ވޯޓެވެ.

ޒަރިޔަންދު ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ނޭޝަނަލް ޓެންޑާ ބޯޑުގެ ޗެއާމަންކަމުގެ މަގާމު ފުރުއްވައިފައެވެ.

އޮޑިޓިން އަދި އެކައުންޓިން ދާއިރާގެ ތަޖުރިބާކާރު، ޒަރިޔަންދު މީގެ ކުރިން ސިޔާސީ މަސައްކަތްތައް ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް

މި ސަރުކާރު ނިމުމުގެ ކުރިން މަޖިލީހުގެ މެޖޯރިޓީ ނަގާނަން: މޫސަ

އިސްލާހު ކުރަން ޖެހޭކަމެއް މި ސަރުކާރަށް ނުފެނޭ، ޔޫޓާން ނަގައިގެން ވާނެ ފައިދާއެއް ނެތް: ރައީސް ސޯލިހު