Advertisement

އިންޑިއާގެ ބްރިޖެއް ވެއްޓި ނުވަ މީހުން މަރުވެއްޖެ

އިންޑިއާގެ ބްރިޖެއް ވެއްޓި 9 މީހުން މަރުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ވެއްޓިފައިވަނީ އިންޑިއާގެ ހުޅަނގުގެ ގުޖުރާތު ސްޓޭޓްގައި ކޯރެއްގެ މަިން އަޅާފައިވާ ބްރިޖެކެވެ. މި ހާދިސާގައި 9 މީހަކު މަރުވެފައިވާ ކަމަށް އެގައުމުގެ ފުލުހުންނާއި ހަވާލާދީ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

Advertisement

ގުޖުރާތުގެ ހެލްތް މިނިސްޓަރު، ރުޝިކޭޝް ޕަޓޭލް ބުނީ، ބްރިޖު ވެއްޓުނު ވަގުތު ގިނަ އަދަދެއްގެ ވެހިކަލްތައް ބްރިޖުން ދަތުރު ކުރަމުން ދިޔަ ކަމަށާއި އެ ހާދިސާގައި ގިނަ ވެހިކަލްތަކެއް ކޯރަށް ވެއްޓުނު ކަމަށެވެ. އަދި އެ ހާދިސާގައި 5 މީހުން ސަލާމަތް ކުރެވުނު ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އިންޑިއާގައި ވެއްޓިފައިވާ ބްރިޖަކީ އަނަންދު އަދި ވަޑޮދާރާ ގުޅުވައިދޭ ބްރިޖެކެވެ. ވެއްޓިފައިވަނީ ބްރިޖުގައި ޖަހާފައިވާ ދެ ތަނބެއްގެ މެދުބައި ކަމަށާއި އެކަން ހިނގާފައިވަނީ މަރާމާތު ނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އިންޑިއާގެ މި ބްރިޖު ވެއްޓިފައިވާއިރު، މިއަހަރުގެ މިހާތަނަށް 13 އަށްވުރެ ގިނަ ބްރިޖު ވަނީ ވެއްޓިފައެވެ. މީގެ ތެރެއިން 12 ބްރިޖެއް ވެއްޓިފައިވަނީ ހަމައެކަނި ބިހާރު ސްޓޭޓުން ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މިއަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު ދަނގަނޑުން ހަދާފައިވާ ބްރިޖެއް އިންޑިއާގެ ޕޫނޭ، މަހަރަސްތްރަގައި ވަނީ ވެއްޓިފައެވެ. މިހާދިސާގައި 4 މީހުން މަރުވެ، 32 މީހަކަށް އެކިވަރުގެ އަނިޔާތައް ވަނީ ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އިސްރާއީލުގެ ޖަލުތަކަށް ވަނުމުގެ ހުއްދަ ރެޑް ކްރޮސްއަށް ދޭން އަމުރުކޮށްފި

ޣައްޒާގެ ޖައްވުން ޢީދު: ފުން ހިތާމަޔާއި އެކުވެސް ފެންނަނީ ނުގުޑާ ފަދަ ސާބިތުކަން

ހޮސްޕިޓަލްތައް ބިމާހަމަކޮށްފި: ސައުތު ސޫދާން ބޭސްފަރުވާއަށް ސަލާންޖަހަނީ

ހަނގުރާމައިގެ ބިރުވެރިކަމާ އެކު، އީރާނުގެ ދައުލަތުގެ ޓީވީން ބަޑިޖަހާނެ ގޮތުގެ ތަމްރީނުތައް ދޭން ފަށައިފި