Advertisement

ބާޒާރުގައި އަގުތައް އުފުލުނަސް، އެސްޓީއޯ އިން ހެޔޮ އަގުގައި އޮރެންޖު ލިބޭނެ!

ބާޒާރުގެ ބައެއް ގޮޅިތަކުގައި އޮރެންޖުގެ އަގުބޮޑުވި ކަމުގެ ރިޕޯޓްތައް ލިބުނު ނަމަވެސް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އޮރެންޖުގެ އަގުތައް އެއްވަރެއްގައި ހެޔޮކޮށް ހިފަހައްޓައިފިއެވެ.

މިގޮތުން އެސްޓީއޯއިން އޮރެންޖު ކިލޯއެއް 40ރ. ގެ ރޭޓުން މިހާރު ލިބޭނެއެވެ. މިއާއެކު އެއް އޮރެންޖެއްގެ އަގު ޖެހޭނީ 5.7ރ. އާއި 6.7ރ. ދެމެދަށެވެ.

Advertisement

ބާޒާރުގެ ބައެއް ދިމާލުން އަގަށް ވަގުތީ ބަދަލެއް އައި ނަމަވެސް، ލަސްވެފައިވާ ޝިޕްމަންޓްތައް ކްލިއާވެ ބާޒާރަށް ނެރެން ފެށުމާއެކު، އަގުތައް މިހާރު ވަނީ ދަށްވާން ފަށައިފައެވެ. އޮރެންޖު ހުރި ގިނަ ކޮންޓޭނަރުތަކެއް މިހާރު ވަނީ އަމިއްލަ އިމްޕޯޓަރުންނަށް ދޫކޮށްފައެވެ. މީގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި އޮރެންޖު ލިބުން އިތުރުވެ، ބައެއް ވިޔަފާރިވެރިން މިހާރުވެސް އަގުތައް ދަށްކުރަން ވަނީ ފަށާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އަގުތައް އިތުރަށް ހެޔޮވާނެ ކަމަށް ބެލެވެއެވެ.

މިފަހަރު އަގުތަކަށް އައި ބަދަލަކީ ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ނިޒާމަށް ދިމާވި ގޮންޖެހުންތަކުގެ ސަބަބުން ދިމާވި ކަމެކެވެ. އެގޮތުން، ސްރީލަންކާގެ ބަނދަރުތައް ތޮއްޖެހުމުގެ ސަބަބުން މުދާ ގެނައުމުގައި ލަސްތަކެއް ދިމާވިއެވެ. މީގެ އިތުރުން، މިސްރާއި ދެކުނު އެފްރިކާ ފަދަ އޮރެންޖު އެކްސްޕޯޓްކުރާ ގައުމުތަކުން މުދާ ލިބުން ދަތިވުމާއި، އެފްރިކާގެ ބަނދަރުތައް ތޮއްޖެހުމުގެ އިތުރުން، ކޭޕް އޮފް ގުޑް ހޯޕް މަގުން އުޅަނދުފަހަރު ދަތުރުކުރަން ޖެހުމުގެ ސަބަބުން މުދާ ލިބުމަށް ހޭދަވާ ވަގުތު ވަނީ އިތުރުވެފައެވެ.

މިހާރު އޮރެންޖު ސަޕްލައި އާންމު ހާލަތަކަށް ރުޖޫއަވަމުންދާތީ، އަގުތައް އިތުރަށް ހަމައަކަށް އެޅޭނެ ކަމަށް ލަފާކުރެވެއެވެ. އާންމު ރައްޔިތުންނަށް އަތްފޯރާ ފަށުގައި އަސާސީ ކާބޯތަކެތި ލިބޭކަން ކަށަވަރުކުރުމަށްޓަކައި އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި، އެސްޓީއޯ އަދި ކަމާ ގުޅުންހުރި އެހެނިހެން ފަރާތްތަކުން ދަނީ ބާޒާރުގެ އަގުތައް މޮނިޓަރު ކުރަމުންނެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވެސް ދަނީ ހާއސައިސްކަމެއް ދީގެން އަސާސީ މުދަލުގެ ޝިޕްމަންޓްތައް ދުވަހުން ދުވަހަށް ކްލިއާ ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ފޮނަދޫއިން ރުށް ބޭރުކުރަން އީއާރުއޭއިން އެއްވެސް ފަރާތަކަށް ހުއްދަދީފައެއްނުވޭ!

ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީ ސަރުކާރެއްގައި އަލުން ވަޒީފާ ދޭނަން: އަބްދުﷲ ޝާހިދު

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5600 ވޭޕް ކާޓްރިޖް އަތުލައިގަނެފި

ޖަލު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް މި މަހުގައި ފަށަނީ