Advertisement
ސައުދީގެ ފަރާތުން ބާއްވާ ރޯދަވީއްލުމުގެ ޚާއްސަ ޕްރޮގްރާމް މި އަހަރު ވެސް ރާއްޖޭގައި ފެށުން --- ފޮޓޯ: ސައުދީ އެމްބަސީ

ސައުދީ ރަސްގެފާނުގެ ފަރާތްޕުޅުން ދެއްވާ ރޯދަ ވީއްލުމުގެ ހަރަކާތްފަށައިފި

ރަމަޟާން މަހާ ގުޅުވައިގެން ސައުދީ އަރަބިއްޔާގެ ރަސްގެފާނު މުޙައްމަދު ބުން އަބްދުލް ޢަޒީޒްގެ ފަރާތްޕުޅުން ކޮންމެ އަހަރަކު ވެސް ދިވެހިރާއްޖޭގައި ކުރިއަށްގެންދާ ރޯދަވީއްލުމުގެ ޚާއްސަ ޕްރޮގްރާމް މި އަހަރުވެސް ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.

ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން މަޢުލޫމާތު ދިން ގޮތުގައި، މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ބިން ޙަސަން އަލް ޤަޙްތާނީއެވެ. މި ހަފްލާގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ދެ އިދާރާގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

Advertisement

މި ޕްރޮގްރާމަކީ ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑަންސްގެ ބެލުމުގެ ދަށުން ދުނިޔޭގެ އެކި ގައުމުތަކުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ރާއްޖޭގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި ޕްރޮގްރާމުގެ މަގްސަދަކީ ރޯދަވީއްލުމުގެ ފުރުސަތު ފަހިކޮށްދީ، ދެ ގައުމުގެ ދެމެދުގައި އޮތް އިސްލާމީ އުޚުއްވަތްތެރިކަމާއި ގުޅުން އިތުރަށް ބަދަހިކުރުމެވެ.

ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ބުނީ، މި އަހަރު ވެސް މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރޯދަވީއްލުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ފޮނަދޫއިން ރުށް ބޭރުކުރަން އީއާރުއޭއިން އެއްވެސް ފަރާތަކަށް ހުއްދަދީފައެއްނުވޭ!

ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީ ސަރުކާރެއްގައި އަލުން ވަޒީފާ ދޭނަން: އަބްދުﷲ ޝާހިދު

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5600 ވޭޕް ކާޓްރިޖް އަތުލައިގަނެފި

ޖަލު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް މި މަހުގައި ފަށަނީ