Advertisement

ހޮޅުދޫ އާއި ވެލިދޫ އިން އެމްޑީޕީގެ ކެމްޕެއިން ޓިމަށް ހޫނު މަރުހަބާއެއް!

ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން އަތޮޅު ތެރެއަށް ކުރައްވާ ދަތުރުގެ ތެރެއިން ނ. އަތޮޅު ހޮޅުދޫ އާއި ވެލިދޫ އިން އެމްޑިޕީގެ ކެމްޕެއިން ޓިމަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕެއިން ބުރާސްފަތި ދުވަހުގެ ރޭ ލޯންޗުކުރުމަށްފަހު ހުކުރު ދުވަހު އަތޮޅުތެރެއަށް ކުރާ މިދަތުރުގައި އެމްޑީޕީގެ ޑެޕިއުޓީ ޗެއާރ އަހްމަދު އަބްދުﷲ އާއި ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް އާއި ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ ޝާފީގު ގެ އިތުރުން އެމްޑީޕީގެ ބައެއް އާންމު މެންބަރުން ވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފަ އެވެ.

Advertisement

ދެ ރަށުގެ އެމްޑީޕީގެ ކެންޑިޑޭޓުންނާއި ބައްދަލުކުރައްވާ ދޮޮރުން ދޮރަށް ހަރަކާތް ނިންމަވާލެއްވުމަށްފަހު ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ހަވާސާ އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓިގެ އިންތިހާބަށް އެމްޑިޕީ އޮތީ ވަރަށް ބޮޑަށް ތައްޔާރަށް ކަމަށާއި އެމްޑިޕީގެ ޓީމުން ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށްގެންދަނީ ވަރަށް އޮގަނައިޒް ކޮށް ކަމަށެވެ.

ވެލިދޫއާއި ހޮޅުދޫގެ ޓިމާއި ބައްދަލުވި. އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފަ. މި އިންތާހުބު ބޮޑުތަނުން ކާމިޔާބު ކުރެވޭނެކަން ޔަގީން.
އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް

ކުރިއަށް އޮތް އިންތިހާބުގައި ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމެއްގެގޮތުގައި ފާހަގަކުރެވެނީ ސަރުކާރުން އާންމު ރައްޔިތުންނަށް ވަޒީފާގެ ބިރު ދެއްކުމާއި ބާރާއި ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރާކުރުމެވެ. ބައެއް އާންމު ރައްޔިތުން ފާހަގަކުރާގޮތުގައި ސަރުކާރާ ދެކޮޅަށް ބުނާ ބަހަކުންވެސް ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު އެބައޮތެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެމްޑިޕީ އިން ދަނީ އަތޮޅުތެރޭގެ އެކި ރަށްރަށުގައި ކެނޑިޑޭޓުންނާއި އެކު ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށްގެންދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް