Advertisement

2025 ގައި މީރާއިން ކޯޓަށް ހުށަހެޅި މައްސަލަތައް އިތުރުވެއްޖެ

ދައުލަތަށް ޓެކްސް ނުދައްކައިގެން މީރާއިން 2025 ވަނަ އަހަރު ޝަރުއީ މަރުހަލާއަށް ގެންދިޔަ މައްސަލަތަކުގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެއްޖެއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާގެ މިދިޔަ އަހަރުގެ އެންމެ ފަހު ކުާޓަރުގެ ރިޕޯޓްގައިވާގޮތުން ހުސްވިއަހަރު ނިމުނުއިރު، އެ އިދާރާއިން ވަނީ 31 މައްސަލަ ކޯޓަށް ހުށަހަޅާފައެވެ. މީރާއިން 2024 ވަނަ އަހަރު އެއްވެސް މައްސަލައެއް ކޯޓަށް ހުށަހަޅާފައިނުވާއިރު، ކުރީ އަހަރުތަކުގައި ކޯޓަށް ވައްދާފައިހުރި މައްސަލަތަކުން 6 މައްސަލައެއް އެ އިދާރާއާ އެއްކޮޅަށް އަދި 6 މައްސަލައެއް ވަނީ، ދެކޮޅަށް ނިމިފައެވެ.

Advertisement

މިދިޔަ އަހަރު ކޯޓުގައި ހިނގާދިޔަ މައްސަލަތަކުން މީރާއާ އެއްކޮޅަށް 16 މައްސަލައެއް ނިމިފައިވާއިރު، 5 މައްސަލައެއް މީރާއާ ދެކޮޅަށް ވަނީ ނިމިފައެވެ. މީގެ އިތުރުން 11 މައްސަލައެއްގައި ވަނީ އެ އިދާރާއާ ދެކޮޅަށް ދައުވާކޮށްފައެވެ.

މިދިޔަ އަހަރު ނިމުނުއިރު ކޯޓު އަމުރުގެ ދަށުން އެކައުންޓްތައް ހިފަހައްޓައިގެން ދައުލަތަށް ލިބެންޖެހޭ 78 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހޯދާފައެވެ. ތަފާސްހިސާބަށް ބަލާއިރު 2024 ވަނަ އަހަރު މި އަދަދު އުޅެނީ 43.9 މިލިއަން ރުފިޔާގައެވެ.

މީރާއަށް މިދިޔަ އަހަރު ޓެކުހާއި ފީގެ ގޮތުގައި ޖުމްލަ 32.7 ބިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ. މީގެ ތެރޭގައި ހިމެނެނީ، ޓެކުހުގެ ގޮތުގައި ލިބުނު 25.8 ބިލިއަން ރުފިޔާ އާއި، އެހެނިހެން ފީގެ ގޮތުގައި ބަލައިގަތް 6.9 ބިލިއަން ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ފޮނަދޫއިން ރުށް ބޭރުކުރަން އީއާރުއޭއިން އެއްވެސް ފަރާތަކަށް ހުއްދަދީފައެއްނުވޭ!

ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީ ސަރުކާރެއްގައި އަލުން ވަޒީފާ ދޭނަން: އަބްދުﷲ ޝާހިދު

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5600 ވޭޕް ކާޓްރިޖް އަތުލައިގަނެފި

ޖަލު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް މި މަހުގައި ފަށަނީ