Advertisement

ބޭރަށް ހިންގުމާއި ހޮޑުލާ ރޯގާ ދަނީ އިތުރުވަމުން

މި ދުވަސްވަރު, ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ އަދިވެސް ދަނީ އިތުރުވަމުން ކަމަށް, ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ވިދާޅުވީ މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން ދަނީ އިތުރުވަމުން ކަމަށެވެ. އެހެންކަމުން ބަލިން ރައްކާތެރި ވުމަށް ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން އިތުރު ކުރުމަށް އެދިފައިވެ އެވެ.

Advertisement

އެޗްޕީއޭއިން ވަނީ ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސްކޮށްފަ އެވެ. އެގޮތުން ކެއުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތޮދޮވުން، ފާޚާނާ ކުރުމަށްފަހު އަދު ނެޕީ ބަދަލުކުރުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން އަދި ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމާއި، ރޯ ތަރުކާރީއާއި މޭވާ ރަނގަޅަށް ދޮވެގެން ބޭނުންކުރުން – ކެއްކުމަށާއި ފެން ބުއިމަށް ފުޅީގައި ރައްކާކުރާއިރު ރައްކާކުރާ ތަނަކީ ސާފުތާހިރު ތަނެއްތޯ ބެލުމާއި ކާބޯތަކެތިތައްޔާރުކުރާ ތަންތަނާއި ތަކެތި ރަނގަޅަށް ދޮވެ ސާފުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުންވެސް އެޗްޕީއޭއިން ވަނީ ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިއްޖެ ނަމަ ގިނަގިނައިން ލޮނުޕެކެޓު، ސޫޕް، ކުރުނބާފެން ފަދަ ދިޔާތަކެތި ބޭނުންކުރުމަށް އިރުޝާދުދީފަ އެވެ.

ބޭރަށް ހިންގުމާއި ހޮޑުލެވޭތީ ޑޮކްޓަރަށް ދައްކާ މީހުން ސުކޫލުތައް ހުޅުވުނު ފަހުން އިތުރުކަން ހުޅުމާލެ ހޮސްޕިޓަލްތަކުން ފާހަގަކުރި އެވެ. ޚާއްސަކޮށް، ޑޮކްޓަރަށް ދައްކާ ކުޑަކުދިން އިތުރުކަމަށް ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ފޮނަދޫއިން ރުށް ބޭރުކުރަން އީއާރުއޭއިން އެއްވެސް ފަރާތަކަށް ހުއްދަދީފައެއްނުވޭ!

ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީ ސަރުކާރެއްގައި އަލުން ވަޒީފާ ދޭނަން: އަބްދުﷲ ޝާހިދު

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5600 ވޭޕް ކާޓްރިޖް އަތުލައިގަނެފި

ޖަލު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް މި މަހުގައި ފަށަނީ