Advertisement
ފުވައްމުލަކުގެ މަގެއް---

ކުޑަކުއްޖަކު ދުއްވި ސައިކަލަކުން ނުރައްކާތެރި އެކްސިޑެންޓެއް

ފުވައްމުލަކުގައި، 18 އަހަރު ނުފުރޭ ދެ ކުއްޖަކު ދުއްވި ސައިކަލެއް، އެހެން ސައިކަލެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓް ވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު މެންދުރު ފަހު ހިނގި އެ އެކްސިޑެންޓުގައި އަނިޔާވީ އެ ދެކުދިންނަށް ކަމަށާއި އެ ދެކުދިންނަށް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.

Advertisement

ފުވައްމުލަކު މާލެގަން އަވަށުގައި ހިނގި އެ އެކްސިޑެންޓްގެ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް ސޯޝަލް މީޑިއާގައި މިއަދު އާއްމުކުރި އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލަކުން ޖެހުނީ އެ ސައިކަލްގެ ކަނާތްފަޅިން އައި އެހެން ސައިކަލެއް، ވައަތްފަރާތަށް އަރަން އުޅެފައި މަޑުކޮށްލި ވަގުތު އެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލް ޖެހުނީ މަޑުކޮށްފައި އޮތް ސައިކަލްގެ ކުރީ ފުރޮޅުގަ އެވެ. ބާރަށްް އައި ސައިކަލް އެވަގުތު ވެއްޓި، ދުއްވަން އިން ކުއްޖާ  ވިއްސައިގެންދާ މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެ އެވެ.

ފުލުހުން ބުނި ގޮތުގައި އެ އެކްސިޑެންޓްގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު މެންދުރުފަހު 1:30 އެހާކަށް ހާއިރު އެވެ.

ފުލުހުން އަންނަނީ އެ އެކްސިޑެންޓްގެ މައްސަލަ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް