Advertisement

މޯޗަރީން ލޮއި ހޮޅިތަކެއް ވަގަށް ނެގި މީހަކަށް ޖޫރިމަނާގެ އަދަބު

ގަލޮޅު މޯޗަރީގެ ކޮންޓެއިނަރުގެ ބޭރުފަޅީގައި ބަހައްޓާފައި ހުރި ކޮންމްޕްރެސާއިން ލޮއި ހޮޅިތަކެއް ބުރިކޮށް ވަގަށް ނެގި މައްސަލައެއްގައި ޖޫރިމަނާގެ އަދަބެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.

އަބްދުﷲ މުފްޝިރު ނަމަކަށްކިޔާ މީހެއްގެ މައްޗަށް އިއްވި ދައުވާގައިވާ ގޮތުން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި މޯޗަރީ ކައިރިން ފުލުހުންނަށް އޭނާ ފެނުމާ އެކު “އަވަސްވެ ނުތަނަވަސްވި” އެވެ.

Advertisement

އެހެންވެ، އޭނާގެ އަމަލުތައް ހުރި ގޮތުން ބަލައިފާާސްކުރިއިރު އޭނާގެ އަތުން މޯޗަރީ ކޮންޓެއިނަރުގެ ބޭރުފަޅީގައި ބަހައްޓާފައި ހުރި ކޮންމްޕްރެސަރުން ބުރިކޮށްފައިވާ ލޮއި ހޮޅިތަކެއް ފެނިފައިވެ އެވެ.

މިފަދަ ލޮއި ވަގަށް ނެގުމަކީ އާންމު ކަމެކެވެ. އެތަކެތި ވިއްކައިގެން ފައިސާ ހޯދުމަކީ މަސްތުވާތަކެތީގެ ވަބާގައި އުޅޭ މީހުން އާންމުކޮށް ކޮށް އުޅޭ ކަމެކެވެ.

މި މައްސަލައާ ގުޅިގެން އަބްދުﷲ މުފްޝިރުގެ މައްޗަށް އުފުލި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާއަށް އޭނާ ކޯޓުގައި ވަނީ އިއުތިރާފު ވެފަ އެވެ.

އޭނާ ކުށަށް އިއުތިރާފުވެފައިވާތީ، އަދަބުގެ މިންވަރު ދަށްކޮށް ޖަލު އަދަބު ނޫން އެހެން އަދަބެއް ދިނުމާ މެދު އިއުތިރާޒެއް ނެތް ކަމަށް ދައުލަތުން ބުނެފައިވެ އެވެ.

އޭނާއަކީ މިހާރު ވަޒީފާގައި އުޅޭ މީހެއް ކަމުގެ ލިޔުން ވެސް ހުށަހަޅާފައިވާތީ، ޝަރީއަތުން ނިންމީ ޖަލު އަދަބުގެ ބަދަލުގައި 10،800ރ. އިން ޖޫރިމަނާކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ފޮނަދޫއިން ރުށް ބޭރުކުރަން އީއާރުއޭއިން އެއްވެސް ފަރާތަކަށް ހުއްދަދީފައެއްނުވޭ!

ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީ ސަރުކާރެއްގައި އަލުން ވަޒީފާ ދޭނަން: އަބްދުﷲ ޝާހިދު

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5600 ވޭޕް ކާޓްރިޖް އަތުލައިގަނެފި

ޖަލު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް މި މަހުގައި ފަށަނީ