Advertisement

ސިވިލް ކޯޓަށް އެންމެ ގިނަ މައްސަލަ ހުށަހެޅީ އަދި ނިންމީ ވެސް މިދިޔަ އަހަރު

މިދިޔަ އަހަރަކީ މިހާތަނަށް ސިވިލް ކޯޓަށް އެންމެ ގިނަ މައްސަލަ ހުށަހެޅި، އަދި އެ ކޯޓުން އެންމެ ގިނަ މައްސަލަ ބަލައި ނިންމި އަހަރުގެ ކަމަށް އެ ކޯޓުން ހާމަކުރިން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކޯޓުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދިޔަ އަހަރު ޖުމްލަ 5،680 ގަޒިއްޔާ ސިވިލް ކޯޓުގައި ރަޖިސްޓްރީ ކުރި އެވެ.

Advertisement

މިއީ 2024 ވަނަ އަހަރު ރަޖިސްޓްރީ ކުރެވުނު ގަޒިއްޔާތަކަށްވުރެ 10.46 ޕަސަންޓު އިތުރު އަދަދެކެވެ.

މިދިޔަ އަހަރާއި އޭގެ ކުރީގެ އަހަރުތަކުގައި ހުށަހެޅިފައި ހުރި ގަޒިއްޔާތަކުގެ ތެރެއިން މިދިޔަ އަހަރު ސިވިލް ކޯޓުން ނިންމީ 6،718 ގަޒިއްޔާ އެވެ. އޭގެ ކުރީ އަހަރު އެ ކޯޓުން ނިންމީ 5،432 ގަޒިއްޔާ އެވެ.

މިއީ 24 ޕަސެންޓުގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރު ސިވިލް ކޯޓުން ނިންމި ނިންމުންތަކަށް ބަލާއިރު އިޖުރާއީ ނިންމުމާއި، އިހްތިސާސްއާ މެދު ނިންމި ނިންމުން ތަކުގެ އަދަދަކީ 126 އެވެ. މިއީ 2024 އަށްވުރެ ނުވަ ނިންމުން މަދު އަދަދެކެވެ.

ދައުވާތަކުގެ ތެރެއިން ހުށަހެޅުނު ވަގުތީ އަމުރާއި ކޯޓު އަމުރާ މެދު މިދިޔަ އަހަރު ސިވިލް ކޯޓުން ނިންމާފައިވަނީ 166 ނިންމުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް