Advertisement
ސިވިލް ސާވިސްގެ މުވައްޒަފުންތަކަކަށް ތަމްރީނެއް ކުރިއަށް ގެންދަނީ: ސިއްހީ ބޭނުންތަކަށް ޗުއްޓީއަށް އެދުން މިހާރަށް ވުރެ ފަސޭހަކުރަން އުސޫލެއް ވަނީ ހަދާފައި. --

ސިވިލް ސާވިސްގެ މުވައްޒަފުން ސިއްހީ ބޭނުންތަކަށް ޗުއްޓީ ނެގުން ފަސޭހަކޮށްދޭ އުސޫލެއް

ހާއްސަ ސިއްހީ ބޭނުންތަކަށް ސިވިލް ސާވިސް މުވައްޒަފުން ޗުއްޓީ ނެގުން މިހާރަަށް ވުރެ އަވަސްކޮށް، ފަސޭހަ ކުރަން ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) އިން އާ އުސޫލެއް ކަނޑައަޅައި ސާކިއުލާއެއް ނެރެފި އެވެ.

ސީއެސްސީން މިއަދު ގެޒެޓްކުރި ސާކިއުލާގައި ބުނީ ހާއްސަ ސިއްހީ ބޭނުންތަކަށް ދޭ ޗުއްޓީއަށް މުވައްޒަފުން އެދޭ އިރު އެ މުވައްޒަފަކު މަސައްކަތްކުރާ އޮފީސް މެދުވެރިކޮށް ފޯމް ހުށަހަޅާ ގޮތަށް އޮތުމުން، ޗުއްޓީއާ މެދު ގޮތެއް ނިންމައި މުވައްޒަފުންނަށް އަންގަން ގިނަ ދުވަސްތަކެއް ހޭދަވާ ކަމަށެވެ.

Advertisement

އެ މައްސަލަ ހައްލުކުރަން ކަނޑައެޅި އާ އުސޫލަކީ ޗުއްޓީއަަށް އެދޭ މުވައްޒަފުން މަސައްކަތްކުރާ އޮފީހަށް ކޮޕީކޮށް، ސީދާ ސީއެސްސީއަށް ފޯމު ހުށަހަޅާ ގޮތަށް ބަދަލުކުރުމެވެ. މިގޮތަށް ބަދަލުކުރުމުން މިހާރަށް ވުރެ އަވަސްވާނެ ކަމަށް ސީއެސްސީން ބުންޏެވެ.

“ހާއްސަ ސިއްހީ ބޭނުންތަކަށް ދެވޭ ޗުއްޓީ އަށް މުވައްޒަފުން އެދޭ ހާލަތުގައި، އިދާރާތަކުން މަސްއޫލު އޮފީސް މެދުވެރިކޮށް ކޮމިޝަނަށް ހުށަހަޅާގޮތަށް އޮތުމުން، ޗުއްޓީދިނުމާ މެދު ގޮތެއް ކަނޑައަޅައި، މުވައްޒަފުންނަށް އެންގުމަށް ގިނަ ދުވަސްތަކެއް ހޭދަވަމުންދާތީ މި ކަމަށް ހައްލެއް ހޯދުމުގެ ގޮތުން، އިސްވެ ދެންނެވުނު މާއްދާގެ ދަށުން މުވައްޒަފުން ޗުއްޓީއަށް އެދޭ ހާލަތުގައި، އެ މުވައްޒަފެއް މަސައްކަތްކުރާ އިދާރާއަށް ކޮޕީކުރުމަށް ފަހު، ޗުއްޓީ ހަމަޖައްސައިދިނުމަށް އެދި، އެ މުވައްޒަފެއް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅުމަށް ދެންނެވީމެވެ،” ސީއެސްސީގެ ސާކިއުލާގައި ބުނެފައި ވެ އެވެ.

އެހެން ނަމަވެސް ސީއެސްސީއަށް ފޯމު ހުށަހަޅަންވާނީ ޗުއްޓީ ފަށަން ބޭނުންވާ ތާރީހުގެ 15 ދުވަސް ކުރިން ކަމަށް ވެސް އެ ސާކިއުލާގައި ބުންޏެވެ. ފޯމު ހުށަހަޅަން ޖެހޭނީ ގުޅުންހުރި ލިޔެކިއުންތަކާ ވެސް އެކުގަ އެވެ.

ސަރުކާރުގެ އެކި އޮފީސްތަކުގައި ގާތްގަނޑަކަށް 26،000 މުވައްޒަފުން މަސައްކަތް ކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް