Advertisement
ނަސްރީން: އޭނާ ވަނީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުން ކަމުން ވަކިކޮށް، ޔޫތު މިނިސްޓްރީގެ މަގާމަކަށް ބަދަލުކޮށްފައި ---

ދެ އަހަރުތެރޭ ޕީއެސްއެމްއަށް އައްޔަންކުރި ތިން ވަނަ އެމްޑީ ވެސް ބަދަލުކޮށްފި

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ނަސްރީން، ސަރުކާރުގެ އެހެން މަގާމަކަށް ބަދަލުކޮށްފިއެވެ.

ނަސްރީން “ހަވާސާ”އަށް ވިދާޅުވީ، އޭނާ ޕީއެސްއެމްގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވައިފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެއްވައެވެ.

Advertisement

‘ހަވާސާ’އަށް އެނގިފައިވާ ގޮތުގައި، ނަސްރީން މިހާރު ވަނީ ޔޫތު މިނިސްޓްރީގެ މަގާމަކަށް ބަދަލުކޮށްފައެވެ. ނަމަވެސް، އެއީ ކޮން މަގާމެއް ކަމެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

ނަސްރީން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަށް އައްޔަނުކުރީ، އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ސައީދު މިދިޔަ އަހަރުގެ ޑިސެމްބަރު 19ގައި އިސްތިއުފާދެއްވުމުންނެވެ.

އޭގެ ކުރިން އެ މަގާމުގައި ހުންނެވި ޒީނާ ޒާހިރު ވެސް މެނޭޖިން ޑިރެކްޓަރުކަން ކުރެއްވީ ކުރު މުއްދަތަކަށެވެ. އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 24ގެ ޒީނާ ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ.

ނަސްރީނަކީ ޕީއެސްއެމްގައި ޚިދުމަތް ކުރައްވާތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ބޭފުޅެކެވެ. އޭނާ މަސައްކަތް ފެއްޓެވީ ގްރެފިކްސްގެ ދާއިރާއިން ކަމަށްވާއިރު، އެކި މަގާމުތައް ފުރުއްވައި، ޕީއެސްއެމްގެ ކޮމާޝަލް ހެޑްއަކަށް ވެސް ހުންނެވިއެވެ.

ނަސްރީން ވަނީ މެލޭޝިއާގެ ލިމްކޮކް ޔުނިވާސިޓީން ބެޗްލާސް ޑިގްރީ ހާސިލުކުރައްވައި، ތައިލެންޑުގެ ކޮލެޖް އޮފް އިނޮވޭޝަން އެޓް ތަމަސަޓް ޔުނިވާސިޓީން ސާވިސް އިނޮވޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައިފައެވެ. އަދި ޕީއެޗްޑީ ފައްޓަވައި، މިހާރު މަސައްކަތް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެންމެ ފަހު މަރުހަލާގައެވެ.

ނަސްރީން ވަނީ ޕީއެސްއެމްއާއި ބޭރުގެ ޖަމިއްޔާތަކުގެ ގުޅުން ވަރުގަދަ ކުރުމަށް އިސް ދައުރެއް އަދާކުރައްވައި، ފްރެންޗައިޒް ޝޯތައް ރާއްޖޭގައި ދެއްކުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. އޭގެ ތެރޭގައި މޯލްޑިވިއަން އައިޑަލް އާއި ވޯލްޑް ކަޕް ފަދަ މުބާރާތްތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް