Advertisement

ކޮޕް-30 ސަމިޓު ހިނގާ މައި ހޯލެއްގައި ރޯވެ އަނދަނީ

ބްރެޒިލުގައި ކުރިއަށްދާ އދ. ގެ ކްލައިމެޓު ސަމިޓު ކުރިއަށްގެންދާ މައި ހޯލެއްގައި ރޯވެ އަނދަން ފަށައިފި އެވެ.

އެ ހޯލުގައި ރޯވިއިރު، ދިވެހި ޑެލެގޭޝަނުން ދިޔަ ބަޔަކު ހޯލުގައި ތިއްބެވެ. އެކަމަކު، ހުރިހާ ދިވެހިން އެ ހޯލުން ވަނީ ނުކުމެފަ އެވެ.

Advertisement

ހަވާސާ އަށް މައުލޫމާތު ލިބޭ ގޮތުގައި ދިވެހި ޑެލެގޭޝަނުގެ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

މިފަހަރުގެ ކޮޕް ސަމިޓު ފެށުނީ މި ހިނގާ ނޮވެމްބަރު 10، ގަ އެވެ. އަދި އެ ސަމިޓު މި މަހުގެ 20 އާ ހަމައަށް ކުރިއަށްދާނެ އެވެ.

ކޮޕް ސަމިޓަކީ މޫސުމަށް އަންނަ ބަދަލާ ގުޅޭ ގޮތުން މަޝްވަރާ ކުރަން އެންމެ ފުޅާ ދާއިރާއެއްގައި ބާއްވާ ސަމިޓެވެ. މިފަހަރުގެ ސަމިޓު ބާއްވަނީ ބްރެޒިލުގެ ބެލޭމް އަދި ޕާރާގަ އެވެ. އެއީ އެމޭޒަން ޖަންގަލީ ސަރަހައްދެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ފޮނަދޫއިން ރުށް ބޭރުކުރަން އީއާރުއޭއިން އެއްވެސް ފަރާތަކަށް ހުއްދަދީފައެއްނުވޭ!

ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީ ސަރުކާރެއްގައި އަލުން ވަޒީފާ ދޭނަން: އަބްދުﷲ ޝާހިދު

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5600 ވޭޕް ކާޓްރިޖް އަތުލައިގަނެފި

ޖަލު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް މި މަހުގައި ފަށަނީ