Advertisement

ބަޔޯމެޓްރިކްސް ނުދޭ ބިދޭސީން މާދަމާއަށްފަހު ޑީޕޯޓުކުރަން ފަށަނީ

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ފިންގާޕްރިންޓް އަދި ފޮޓޯ (ބަޔޯމެޓްރިކްސް) އަޕްޑޭޓް ނުކުރާ ހުރިހާ ބިދޭސީން މާދަމާއަށްފަހު ޑީޕޯޓްކުރަން ފަށާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންސީން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ބަޔޯމެޓްރިކްސް އަޕްޑޭޓް ކުރުމުގެ މުއްދަތު މިއަދު ހަމަވުމާއެކު، އޭގެ އަނެއް ދުވަހު ހިންގާ އޮޕަރޭޝަނުގައި އެކަން ފުރިހަމަ ނުކުރާ ހުރިހާ ބިދޭސީން ޑީޕޯޓް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

Advertisement

ރާއްޖޭގައި މީގެ ފަހުން ބަޔޯމެޓްރިކްސް އަޕްޑޭޓް ނުކުރާ އެއްވެސް ބިދޭސީއަކަށް ނުހުރެވޭނެ ކަމަށާއި އެގޮތަށް އުޅޭ ބިދޭސީންގެ މައުލޫމާތުތައް ކަމާ ބެހޭ އިދާރާތަކާ ހިއްސާކުރަން މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ.

“މާދަމައަށް (މިއަދު) މި ހަމަވަނީ މުއްދަތު. މާދަމަޔާ ހަމައަށް ރަޖިސްޓާ ނުވާ ނޫނިއްޔާ ބަޔޯމެޓްރިކްސް ނުދޭ ބިދޭސީއަކު އަނެއް ދުވަހުން ފެށިގެން ފަށާ އޮޕަރެޝަނުގައި ފެނިއްޖެއްޔާ ވަގުތުން ޑީޕޯޓުކުރާ ގޮތަށް އޮތީ. މަދަމާއަށްފަހު (މިއަދު) ދެން މި ރާއްޖޭގައި ބަޔޯމެޓްރިކްސް ނޫނިއްޔާ ޑީޓެއިލް ނުދީ އެންމެ ބިދޭސީއަކަށް ވެސް ނުހުރެވޭނެ. ވަގުތުން ޑީޕޯޓްކުރާނެ،” ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުން ރައްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތުތައް އެއްކުރަން ފެށި “ކުރަނގި” އޮޕަރޭޝަނުގެ ދަށުން މިއަދާ ހަމައަށް 191،723 ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާފައިވަ ކަމަށެވެ.

“އަޅުގަނޑުމެން ފެށި ކުރަނގި އޮޕަރޭޝަން މިއަދާ ހަމައަށް އައިއިރުގައި 191،723 ބިދޭސީންގެ 10 އިނގިލީގެ ނިޝާން ނަގައިފިން. އަޅުގަނޑުމެންނަށް އެބަ އެނގޭ ރާއްޖެގައި ތިބި ބިދޭސީންނަކީ ކޮބައިކަމާއި އެމީހުން ތިބީ ކޮންތަނެއްގައި ކަމާއި މި ހުރިހާ ކަމެއް،” މުއިއްޒު ވިދާޅުވި އެވެ.

މިދިޔަ ދެ އަހަރު ތެރޭގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ އަދި އެކިއެކި ކުށްތައް ކޮށްގެންނާއެކު 9،021 މީހުން މިހާތަނަށް ޑީޕޯޓް ކޮށްފައިވާ ކަމަށާއި އެއީ މިދިޔަ ސަރުކާރަށްވުރެ އެތައް ގުނަ އިތުރު އަދަދެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ފޮނަދޫއިން ރުށް ބޭރުކުރަން އީއާރުއޭއިން އެއްވެސް ފަރާތަކަށް ހުއްދަދީފައެއްނުވޭ!

ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީ ސަރުކާރެއްގައި އަލުން ވަޒީފާ ދޭނަން: އަބްދުﷲ ޝާހިދު

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5600 ވޭޕް ކާޓްރިޖް އަތުލައިގަނެފި

ޖަލު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް މި މަހުގައި ފަށަނީ